މޫސް ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި
- 250ގ ވިޕިންގ ކްރީމް
- 25ގ ހަކުރު
- 125ގ ކްރީމް ޗީޒް
- ޖެލަޓިން ޝީޓް
- 75މލ ހޮޓް މިލްކް
- 40މލ ހޫނު ފެން
ސްޕޮންޖް ކޭކް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި
- 2 ބިސް
- 15ގ ވެޖްޓެބަލް އޮއިލް
- 20ގ މިލްކް
- 60ގ ކޭކް ފްލަރ
- 60ގ ހަކުރު
- 2މލ ލެމަން ޖޫސް
- 2މލ ވެނީލާ އެސެންސް
މެންގޯ ޕިއުރީ ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި
- 1 އަނބު
- 15ގ ހަކުރު
- 10މލ ޖޫސް
ތައްޔާރުކުރާނެ ގޮތް
ބިހުގެ ހުދު ބަޔާއި ގޮބޮޅި ވަކިކޮލުމަށްފަހު، ބޯ ތައްޓެއްގައި ބިހުގެ ހުދު ބަޔާއި ލެމަން ޖޫސް އަޅައިގެން ހޭންޑް މިކްސަރުން ގިރާލާށެވެ. އެއަށްފަހު ތިން ބަޔަށް ވާހެން 60ގ ގެ ހަކުރު އަޅައި، ރަނގަޅަށް ވިޕް ވަންދެން ގިރަމުންދާށެވެ. ހަކުރު އަޅާނީ ވިޕްވަމުންދާ ވަރަކުންނެވެ. ދެން އޭގެ ތެރެއަށް ރީނދޫބައި އަޅާފައި އަނެއްކާވެސް ގިރާލާށެވެ. އެއަށްފަހު، އޭގެ ތެރެއަށް ކޭކް ފުށާއި ވެނީލާ އެސެންސް އަޅައިގެން ހޭންޑް މިކްސަރުން ރަނގަޅަށް ގިރާލާށެވެ. ދެން ވަކި ތައްޓެއްގައި، ކޭކްގެ ތިންބައި ކޮށްފައި އެއްބަޔާއި، 15ގ ވެޖްޓެބަލް އޮއިލް، އަދި 20ގ މިލްކް އަޅައިގެން މިކްސް ކޮށްލުމަށްފަހު، ގިރާލާފައިވާ ކޭކް ފުށްގަނޑު ތެރެއަށް އެބައި އަޅާލައި މިކްސް ކޮށްލާށެވެ. ދެން ޓްރޭއެއްގައި ބޭކިންގ ޝީޓް އެޅުމަށްފަހު މިކްސްކުރި ބައި އަޅާލާށެވެ. 140 ޑިގްރީގައި، 45 މިނިޓް ވަންދެން ފިހެލާށެވެ. ފިހެ ނިމުމުން ދެ ސްލައިސް އަކަށް ކަފާލާށެވެ.
ދެން މެންގޯ ޕިއުރީ ތަޔާރުކުރުމަށް، ތޮށި މަށާލުމަށްފަހު މިކްސަރުން ގިރާލާށެވެ. އެއްވެސް ދިޔާ އެއްޗެއް ނާޅާނެއެވެ. ގިރައި ނިމުމުން 10މލ ލެމަން ޖޫސް އަދި 15ގ ހަކުރު އަޅައިގެން މިކްސްކޮށްލާށެވެ. ދެން މަޑު ގިނީގައި 8 މިނިޓް ކައްކާލާށެވެ. އެއަށްފަހު ބޯ ތައްޓެއްގައި125ގ ކްރީމް ޗީޒްއާއި ވިޕިންގ ކްރީމާއި 25ގ ހަކުރު އަޅައިގެން ހޭންޑް މިކްސަރުން ގިރާލާށެވެ. ވިޕްވަންދެން ގިރާލަން ވާނެއެވެ. ދެން ކުރިން ތައްޔާރުކުރި މެންގޯ ޕިއުރީގެ 3/4 ބައި އަޅައިގެން އަނެއްކާވެސް ގިރާލާށެވެ. ދެން 6ގ ޖެލަޓިން ޝީޓް ފިނި ފެނުގައި ފޯކޮށްލުމަށްފަހު، ހޫނު ކިރުގައި ގިރުވައި އެއްކޮށްލުމަށްފަހު، ތައްޔާރުކުރި ބައިގެ ތެރެއަށް އަޅައިގެން އެއްކޮށްލާށެވެ. ދެން ކޭކްގެ ފުރަތަމަ ސްލައިސްގެ މައްޗަށް މޫސްގެ 1/3 އަޅައިލާށެވެ. އެއަށްފަހު، ބައި ގަޑިއިރު ވަންދެން ފްރިޖްކޮށްލާށެވެ. ގަޑި ހަމަވުމުން ކޭކްގެ ދެވަނަ ސްލައިސް ބާއްވާލާށެވެ. ދެން ބާކީ ހުރި މޫސް، މަތީ ލޭޔަރަށް އަޅައި ހެޔޮވަރު ކޮށްލުމަށްފަހު 30 މިނިޓް އަނެއްކާވެސް ފްރިޖްކޮށްލާށެވެ. ދެން 40މލ ގެ ހޫނު ފެނުގެ ތެރެއަށް 1.5ގ ޖެލަޓިން އެޅުމަށްފަހު ސަމުސަލުން ގިރާލާށެވެ. ބާކީ ހުރި މެންގޯ ޕިއުރީ އޭގެ ތެރެއަށް އަޅައި ގިރުމަށްފަހު، ކޭކްގެ އެންމެ މަތީ ލޭޔަރަށް އެއްވަރަށް އަޅައި ރީތިކޮށްލާށެވެ. އެއަށްފަހު ފްރިޖްގައި މަދުވެގެން 3 ގަޑިއިރު ބަހައްޓާލަން ވާނެއެވެ.