ކ. މާލެ
|
30 މާރޗް 2023 | ބުރާސްފަތި 12:40
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
ރިޔާސީ އިންތިޚާބު 2023
ޖޭޕީގެ ޓިކެޓުގައި ޤާސިމް ރިޔާސީ ރޭހަށް
ރިޔާސީ ކެނޑިޑޭޓެއްގެ ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވާ އެތައް ބޭފުޅުން ޕާޓީގައި ތިބި
އިއުލާނުގެ މުއްދަތުގެ ފަހު ވަގުތާ ޖެހުނުއިރުވެސް އިތުރު ބޭފުޅަކު ޕާޓީގެ ޓިކެޓުގައި ވާދަ ކުރުމަށް ހުށަހަޅުއްވާފައިނުވޭ

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވާދަ ކުރެއްވުމަށް ނިންމަވައިފިއެވެ.

އެކަން ހާމަކުރައްވާފައިވަނީ އެ ޕާޓީގެ ސެކެޓަރީ ޖެނެރަލް އަލީ އާރިފަށް ޤާސިމް ފޮނުއްވި ސިޓީއެއްގައެވެ.

ސިޓީގައި ޤާސިމް ވިދާޅުވެފައިވަނީ، ރިޔާސީ ކެނޑިޑޭޓެއްގެ ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވާ އެތައް ބޭފުޅުން ޕާޓީގައި ތިއްބެވިނަމަވެސް، އިއުލާނުގެ މުއްދަތުގެ ފަހު ވަގުތާ ޖެހުނުއިރުވެސް އެއްވެސް ބޭފުޅަކު ޕާޓީގެ ޓިކެޓުގައި ވާދަ ކުރުމަށް އެދި ހުށަހަޅުއްވާފައިނުވާ ކަމަށެވެ.

އަދި ޕާޓީގެ ލީޑަރުގެ ޙައިސިއްޔަތުން ޕާޓީން އެދޭ ގޮތް ޙާސިލު ކޮށްދިނުމަށްޓަކައި 2023 ގެ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ވާދަ ކުރެއްވުމަށް ނިންމަވާފައިވާކަން ސިޓީގައި ވަނީ ބަޔާން ކުރައްވާފައެވެ.

ޤާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވަނީ ކޯލިޝަން އެކުލަވާލުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނަށް ދައުވަތު ފޮނުއްވާފައިވަނިކޮށެވެ. ޖޭޕީއަކީ މިހާރު ސަރުކާރު ޕާޓްނަރެކެވެ.

އެހެންނަމަވެސް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަން ނިންމިނަމަވެސް, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ޗެލެންޖަކަށް ނުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
30 މާރޗް 2023 | ބުރާސްފަތި 12:49
ހުސޭނު
ގާސިމް ގެ މިނިސްޓަރުން އަވަހަށް ބޭރުކުރޭ. ފިކުރެއްގެ ދިރުމުގެވެސް. މިހާރުން މިހާރަށް ޑރ.ހުސެން އަބަޖެހޭ ބޭރުކުރަން.