ކ. މާލެ
|
29 މާރޗް 2023 | ބުދަ 15:57
2023 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ މަތީ ސާނަވީ އިމްތިހާނުގެ ޖަވާބު ކަރުދާސް މާކުކުރާނެ މީހުން ދަނީ ހޯދަމުން
2023 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ މަތީ ސާނަވީ އިމްތިހާނުގެ ޖަވާބު ކަރުދާސް މާކުކުރާނެ މީހުން ދަނީ ހޯދަމުން
މުހައްމަދު ޝަރުހާން
އެޗް.އެސް.ސީ އިމްތިހާނު
އެޗް.އެސް.ސީ އިމްތިހާނުގެ ޖަވާބު ކަރުދާސް މާކްކުރާނެ މީހުން ހޯދަނީ
 
މާކަރުންނަށް ކަނޑައެޅިފައިވަނީ، މާކުކުރާ ކޮންމެ ކަރުދާހަކަށް ފަސްދޮޅަސް ރުފިޔާ
 
ސުންގަޑިއަކީ 2023 އެޕްރީލް 06ވާ ބުރާސްފަތި ދުވަހުގެ 13:00

2023 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ މަތީ ސާނަވީ އިމްތިހާނުގެ ޖަވާބު ކަރުދާސް މާކުކުރާނެ މާކަރުން ހޯދުމަށް، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އިއުލާނުކޮށްފިއެވެ.

ބުދަ ދުވަހު އެ އިދާރާއިން ވަނީ، ދިވެހި އަދި އިސްލާމް މާއްދާ މާކުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިއުލާނު ކޮށްފައެވެ.

ޑީޕީއީން މައުލޫމާތު ދޭގޮތުގައި، މާކިންގ ކުރިއަށްދާނީ 24 އެޕްރީލް 2023ން 29 އޭޕްރީލްއަށެވެ. އެގޮތުން މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް ފަސްދޮޅަސް ރުފިޔާއެވެ. އަދި މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސް ގޮތުގައި އެއްހާސް ރުފިޔާ ލިބެއެވެ.

މި މަސައްކަތަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 2023 އެޕްރީލް 06ވާ ބުރާސްފަތި ދުވަހުގެ 13:00އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި