ކ. މާލެ
|
29 މާރޗް 2023 | ބުދަ 14:07
ބްރެޑް ޕެޓީސް
ބްރެޑް ޕެޓީސް
ރެސިޕީ އޮފް ދަ ވޯލްޑް / ޔޫޓިއުބް
ބަދިގެ 1444
ބްރެޑް ޕެޓީސް
 
ބޭނުން ބާވަތެއްގެ މަސް ބޭނުން ކޮށްލެވިދާނެ

ޕެޓީސް އާންމުކޮށް ތައްޔާރު ކުރަނީ އަލުވިވެސް އަޅައިގެންނެވެ. ނަމަވެސް މި ފަހަރު މި ގެނެސްދޭ ރެސިޕީގައި ބޭނުންކޮށްފައިވާ ބާވަތްތައް ތަފާތު ވާނެއެވެ.

ބޭނުންވާ ތަކެތި

  • 2 ސައިސަމުސާ ތެޔޮ
  • 3 ލޮނުމެދު (ދިގުކޮށްވާހެން ކޮށާލާފައި)
  • 1 ބޮޑު ފިޔާ
  • 1/2 ޖޯޑު ކެރެޓް (ދިގުކޮށް ކޮށާފައި)
  • 1/3 ޖޯޑު ގްރީން ބެލްޕެޕަރ (ދިގުކޮށް ކޮށާފައި)
  • 1/3 ޖޯޑު ރެޑް ބެލްޕެޕަރ (ދިގުކޮށް ކޮށާފައި)
  • 1 ޖޯޑު ކެބެޖް (ކޮށާފައި)
  • 100ގ ފެނުކެއްކި ކުކުޅު (ޝްރެޑް ކޮށްފައި)
  • ލޮނު (ރަހަލާ ވަރަށް)
  • 1 ސަމުސާ އަސޭމިރުސް
  • 1 ސަމުސާ ގަރަމް މަސާލާ
  • 1 ސަމުސާ ޗިލީ ފްލޭކްސް
  • 2 ސަމުސާ ފުށް ( ކޮންމެ ވައްތަރެއްވެސް ބޭނުން ކޮށްލެވިދާނެ)
  • 1 ޖޯޑު މިލްކް
  • 2 ސަމުސާ ރެޑް ޗިލީ ސޯސް
  • 1 ސަމުސާ ސޯއީ ސޯސް
  • 1 ޕާން
  • ޕާން ކުޑި
  • 3 ބިސް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ތަވައެއްގައި ތެޔޮ ހޭކުމަށްފަހު، ލޮނުމެދާ، ފިޔާ ކުޑަކޮށް ފްރައިކޮށްލުމަށްފަހު، އޭގެ ތެރެއަށް ކެރެޓް، ދެ ވައްތަރުގެ ބެލް ޕެޕަރ، ކެބެޖް އަދި ކުކުޅު އަޅައިގެން ރަނގަޅަށް މިކްސް ކޮށްލާށެވެ. ދެން އޭގެ ތެރެއަށް ލޮނު ހެޔޮވަރު ކުރުމަށްފަހު، އަސޭމިރުސް، ގަރަމް މަސާލާ، ޗިލީ ފްލޭކްސް އަޅައިގެން ހުރިހާ ބާވަތެއް އެއްކޮށްލުމަށްފަހު، 3 މިނިޓް ކައްކާލާށެވެ. ކައްކާ ނިމުމުން ދެ ސަމުސާ ފުށް އަޅައި އެއްކޮށްލުމަށްފަހު، މިލްކް ޖޯޑު އަޅައިގެން 4 މިނިޓް ކައްކާލާށެވެ. ދެން އޭގެ ތެރެއަށް ޗިލީ ސޯސް އާއި ސޯއީ ސޯސް އަޅައި އެއްކޮށްލުމަށްފަހު އުނދުން ނިއްވާލާށެވެ. މިހާރު މިހިރީ މަސްގަނޑު ތައްޔާރުކޮށް ނިމިފައެވެ.

ދެން ޕާން ފޮތިތަށް ވަށް ބައްޓަމަށް ތައްޔާރުކޮށްލާށެވެ. އެއަށްފަހު، ތައްޔާރު ކުރި ޕާނުގެ މައްޗަށް މަސްގަނޑު އެ ބައްޓަމަށް ފަތުރާލާށެވެ. ދެން ބިހަށް ލުމަށްފަހު ޕާންކުޑި ހާކާލާފައި، މޮށި ކުލަ އަރަންދެން ފްރައި ކޮށްލާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
33%
0%
33%
0%
0%
33%
ކޮމެންޓް