ކ. މާލެ
|
28 މާރޗް 2023 | އަންގާރަ 13:42
ހައި ކޯޓު
ހައި ކޯޓު
ރާއްޖެއެމްވީ
ހައިކޯޓުގެ ފަނޑިޔާރުން
ހައިކޯޓުގެ ފަނޑިޔާރުކަމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި
ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން އިއުލާނު ކުރީ 13 މާރޗުގައި
ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 36،000 ރުފިޔާ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނު ކުރީ 13 މާރޗުގައެވެ.

އެ ކޮމިޝަނުން އަންގާރަ ދުވަހު ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި ކޮށްފައިވާ އިޢުލާނުގެ ސުންގަޑި ހަމަވިއިރު އެ މަގާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކޮށްފައެވެ. އެގޮތުން އެ މަޤާމަށް 4 ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުން:

1. މަރްޔަމް ވަޙީދު / ބެލޫން, ސ.ފޭދޫ

 2. މުޙައްމަދު ޝަނީޒް ޢަބްދުﷲ / ހަނދުވަރީނާޒް,  ގދ.ގައްދޫ

 3. ޢަލީ އަޙްމަދު / ބިއްދޮށުގެ, ފ.ނިލަންދޫ

 4. މުޙައްމަދު މިންހާޖް / ހިރިލަންދޫގެ, ސ.ފޭދޫ

ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގައި އަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ކަމަށް ޖޭއެސްސީން ބުނެއެވެ.

މި މަޤާމަށް ކުރިމަތިލައްވާ ފަނޑިޔާރުން އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ވަނީ ލާޒިމުކޮށްފައެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 36،000 ރުފިޔާއެވެ. އޭގެ އިތުރުން ލިވިންގ އެލަވަންސް ގޮތުގައި މަހަކު 15،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ރިސްކް އެލަވަންސް ގޮތުގައި މަހަކު 3،300 ރުފިޔާ އަދި މެޑިކަލް އެލަވަންސްއާއި ފޯނު އެލަވަންސްވެސް ލިބިވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް