ކ. މާލެ
|
27 މާރޗް 2023 | ހޯމަ 20:15
ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ނިކޮލައި ޕަޓްރުޝެވް
ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ނިކޮލައި ޕަޓްރުޝެވް
ރޮއިޓާސް
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ
ގައުމަށް ނުރައްކާވެއްޖެނަމަ އެމެރިކާ ނައްތާލެވޭނެ ވަރުގެ ހަތިޔާރު އެބަހުރި: ރަޝިއާ
ރަޝިއާގެ ނިއުކްލިއަރ ބާރު އެމެރިކާއިން ލުއިކޮށް ނަގަމުންދިއުމަކީ މޮޔަކަމެއްކަމަށް ނިކޮލައި ވިދާޅުވި
ރަޝިއާއަކީ ތަފާތު ޒަމާނީ ހަތިޔާރުތައް ގެންގުޅޭ ގައުމެއްކަމަށް ނިކޮލައި ވިދާޅުވި
ގައުމަށް ނުރައްކާވާނަމަ، އެމެރިކާ އަދި އެހެން ގައުމެއް ވިޔަސް ނައްތާލުމުގެ ގާބިލުކަން ރަޝިއާގައި އެބަހުރިކަމަށް ނިކޮލައި ވިދާޅުވި

ގައުމުގެ ދެމިއޮތުމަށް ނުރައްކާވާނަމަ އެމެރިކާ ނައްތާލާނެ ވަރުގެ ހަތިޔާރުވެސް ރަޝިއާގައި އެބަހުރި ކަމަށް އެގައުމުން ބުނެފިއެވެ.

އެމެރިކާއަށް މި އިންޒާރު ދެއްވާފައިވަނީ ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިންގެ އަރިސް ބޭފުޅެއްކަމަށްވާ, އެގައުމުގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ނިކޮލައި ޕަޓްރުޝެވްއެވެ.

ނިކޮލައި ވަނީ ރަޝިއާއަށް ނުރައްކާވެއްޖެނަމަ އެމެރިކާ ހިމެނޭގޮތަށް ކޮންމެ ދުޝްމަނެއްވެސް ނައްތާލެވެނޭ ބާރުގަދަ ހަތިޔާރު ރަޝިއާގައި އެބަހުރިކަމަށް ބުނެ އިންޒާރުދެއްވާފައެވެ. އަދި ރަޝިއާގެ ނިއުކްލިއަރ ބާރު އެމެރިކާއިން ލުއިކޮށް ނަގަމުންދާކަމަށް ވިދާޅުވެ ނިކޮލައިވަނީ ފާޑުވިދާޅުވެފައެވެ.

ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ނުފޫޒުގަދަ ސެކްރެޓަރީގެ ވާހަކަތަކަކީ ދުނިޔޭގެ އެންމެ ބޮޑު ދެ ނިއުކްލިއަރ ބާރުގެ މެދުގައި ނިއުކްލިއަރ ކުރިމަތިލުމެއް ހިންގުމުގެ އިންޒާރު ރަޝިއާގެ އިސް އޮފިޝަލަކު ފާޅުކުރި ފުރިތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން، އެގައުމުގެ ރައީސްވެސް ވަނީ މިފަދަ އިންޒާރުތަކެއް ދެއްވާފައެވެ.

ނިކޮލައި ވަނީ ރަޝިއާއާ ސީދާ ކުރިމަތިލާން ޖެހިއްޖެ ހާލަތެއްގައި އެގައުމަށް ހަމަލާދީ އެގައުމު ފުނޑުފުނޑު ކޮށްލުމުގެ ބާރު އެއްވެސް ގޮންޖެހުމެއްނެތި އެމެރިކާގައި ހުރިކަމަށް އެގައުމުގެ ސިޔާސީ ބޭފުޅުން ގަބޫލުކުރަމުންދާ ކުރުމަކީ މޮޔަ އަދި ނުރައްކާތެރި ކަމެއްކަމަށް ސިފަކުރައްވާފައެވެ.

ރަޝިއާއަކީ ކެތްތެރި ގައުމެއް ކަމަށާއި އެގައުމުގެ އަސްކަރީ ބާރު ބޭނުންކޮށްގެން އެހެން ގައުމުތަކަށް ބިރުދައްކާ އެގައުމުތަކުގެ ފައިދާ ރަޝިއާއިން ނުނަގާނެކަމަށާއި، އެހެން ނަމަވެސް، ގައުމަށް ނުރައްކާވާނަމަ، އެމެރިކާ އަދި އެހެން ގައުމެއް ވިޔަސް ނައްތާލުމުގެ ގާބިލުކަން ރަޝިއާގެ އެބަހުރިކަމަށް ނިކޮލައި ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ ރަޝިއާއަކީ ތަފާތު ޒަމާނީ ހަތިޔާރުތައް ގެންގުޅޭ ގައުމެއްކަމަށްވެސް ފާހަގަކުރައްވާފައެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިނަށް އަރައި ފެށި، "ޚާއްޞަ އަސްކަރީ އޮޕަރޭޝަނަކީ" އެމެރިކާ އިސްވެ އޮވެ ނޭޓޯއިން ރަޝިއާގެ ބޯޑަރާ ކައިރިވެ އެގައުމުގެ ސަލާމަތައް ނުރައްކާކުރުމަށް މަސައްކަތްކުރުމުން އެކަމުގެ ދިފާއުގައި ފެށި އޮޕަރޭޝަނެއްކަމަށް ރަޝިއާއިން ދަނީ ބުނަމުންނެވެ.

ހުޅަނގުގެ ގައުމުތަކުުން ރަޝިއާއަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށް ހަމަލާދީފާނެކަމުގެ އިންޒާރުތަކެއް ދީފައިވާކަމުގެ ތުހުމަތުތައްވެސް ރަޝިއާއިން ވަނީ ކޮށްފައެވެ. އަދި އެފަދަ ހާލަތެއްގައި ރަޝިއާއިންވެސް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހު ރަޝިއާގެ ރައީސް ވަނީ ޔޫކްރޭނާއި ރަޝިއާގެ ބޯޑަރު ހިއްސާކުރާ ބެލަރޫސްގައި ޓެކްޓިކަލް ނިއުކްލިއާ މިސައިލްތައް ބަހައްޓާނެކަންވެސް އިއުލާން ކުރައްވާފައެވެ. މިއާއެކު ޔޫކްރެއިން ރަޝިއާ ހަނގުރާމައިގެ މަސްރަހު އިތުރަށް ހޫނުވެ ރަޝިއާއާއި ހުޅަނގުގެ ގައުމުތަކާ އޮތް ގުޅުން މިވަނީ އިތުރަށް ހީނަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް
- ގުޅުންހުރި
ސިއްރިއްޔާތުގައި މިނިސްޓަރު އިހުސާން މައުލޫމާތުތަކެއް ދެއްވަން ޖެހޭތީ 241 ކޮމިޓީ ސިއްރު
ދިގު ރާސްތާގެ ހަތިޔާރު ޔޫކްރެއިނަށް ބޭނުންވާ ކަމަށް ޒެލެންސްކީ އަނެއްކާވެސް ވިދާޅުވެއްޖެ
ޖަމީލްގެ މަރާއި އެކު ޖަލުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް - މީގެ ފަހުން ޖަލުގައި މަރުވާ އެންމެންގެ ޕޯސްޓްމޯޓަމް ހަދާނެ
ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަންސް އޮފިސަރުންގެ ބައިވެރިވުން - މިއަހަރު އެކަނި 73.6 މިލިއަން ރުފިޔާ އޮފިސަރުންނަށް ލިބިފައިވޭ
ޔޫކްރެއިނުން 10 އަހަރު ދުވަހުގެ ސަލާމަތީ އެއްބަސްވުމެއްގައި ވިލާތުގެ އިއްތިހާދާ އެކު ސޮއި ކޮށްފި
ޔޫކްރެއިންގެ ވައިގެ ބަނދަރުތަކަކަށް ރަޝިއާއިން ހަމަލާދީފި
"މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މާލޭގައި ބޭނުންކުރި 50 ތަނެއް، އޭގެ ތެރޭގައި ސަރުކާރު އިމާރާތްތައް ހިމެނޭ"
ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދާއި، އެ ބިދޭސީން ތިބި ތަނުގެ 100 އިންސައްތަ މައުލޫމާތު އަހަރެއްގެ ތެރޭގައި އެއްކުރެވޭނެ - އިހުސާން