ކ. މާލެ
|
27 މާރޗް 2023 | ހޯމަ 16:27
ރޭ މާލޭގައި އެކްސިޑެންޓް ހިނގި ތަން
ރޭ މާލޭގައި އެކްސިޑެންޓް ހިނގި ތަން
އެކްސިޑެންޓް
ވޭނެއް ދުއްވަން އިން މީހަކަށް ނިދުމުގެ ސަބަބުން ރޭ މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް
 
މި އެކްސިޑެންޓުގައި ޒުވާނަކަށް ވަނީ އަނިޔާވެފައި

ސިނަމާލެ ބްރިޖް ކައިރީގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެއިން މާލެ އައިސް ބްރިޖުން ފައިބައިގެން ދިޔަ ސައިކަލަކާއި، ދަރުބާރުގޭ ކައިރިން ބްރިޖަށް އަރަން އައި ވޭނެއް ޖެހިއެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 27 އަހަރުގެ ޒުވާނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އޭނާ ވަނީ އެ ވަގުތުން އޭޑީކޭއަށް ގެންގޮސްފައެވެ.

މަންޒަރު ދުށް މީހުން ވޭން ދުއްވަން އިން މީހާއާ ހަވާލާދީ ބުނީ، އޭނާއަށް ނިދުނީ ކަމަށެވެ. އަދި އެކްސިޑެންޓު ހިނގަން މެދުވެރިވީ އޭނާއަށް ނިދިގެން ކަމަށްވެސް އެ މީހުން ކިޔައިދިނެވެ. ވޭން ދުއްވަން އިނީ ބިދޭސީއެއްކަމަށާއި އޭނާއަށް ދިވެހިން ވާހަކަ ދައްކަން ނޭނގޭ ކަމަށްވެސް މަންޒަރު ދުށް މީހުން ބުނެއެވެ.

އަނިޔާވި ޒުވާނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނައިރު އޭނާއަށް އަދިވެސް ފަރުވާދެމުން ދަނީ އޭޑީކޭގެ އައިސީޔޫގައެވެ. މި އެކްސިޑެންޓާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ފުލުސް މީޑިއާއަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބުދާރީވެފައެއް ނުވެއެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
17%
2%
39%
27%
7%
7%
ކޮމެންޓް