މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ އެކު ކެބިނެޓްގެ މިނިސްޓަރުންގެ ގިނަ ފާޑުކިޔުންތަކެއް އިދިކޮޅު ފަރާތްތަކަށް އަމާޒުވެއްޖެ އެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ އެކު ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ގިނަ މިނިސްޓަރުން ގެންދަވަނީ ތަފާތު ގޮތްގޮތަށް ޝުއޫރުތައް ފާޅު ކުރައްވަމުންނެވެ. ސޯޝަލް މީޑިއާގެ އިތުރުން ގައުމީ ޓީވީ އާއި ސަރުކާރަށް ތާއިދުކުރާ ޓީވީތަކުގައި ވެސް ވަޒީރުން ގެންދަވަނީ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުންނެވެ.
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ކުރައްވާފައި ޓްވީޓެއްގައި ވަނީ ސަރުކާރުން ބްރިޖްތައް އަޅައި، ރައްޔިތުންގެ ދިރިއުޅުމުގެ އާއްމު ހާލަތު ރަގަޅު ކުރަމުންގެންދާ ކަމަށާއި މި ސަރުކާރުގެ ޕްލޭންގެ ތެރެއިން މާޒީގެ ވީރާނާވެ ހާލާކުވެފައިވާ މުސްތަގްބަލާއި، ފެއިލްވެފައިވާ ލީޑަރުންގެ ކިބައިން ސަލާމަތްކޮށް އުޖާލާ މުސްތަގްބަލަކަށް ގައުމު ގެންގޮސްދޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ
މިނިސްޓަރ ސައީދު މިހެން ވިދާޅުވެ ޓްވީޓްކުރެއްވީ އެއަރޕޯޓްގެ ހިއްކިފައިވާ ބިމުގެ ފޮޓޯގެ އިތުރުން އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތުގެ ފޮޓޯތަކަކާ އެކު އެވެ.
V build bridges, improve ppl's livelihood. our plans will move de country 2 a brighter future from a very rotten past of few failed leaders pic.twitter.com/gpJDGEC3PT
— Mohamed Saeed (@em_saeed) July 5, 2017
މީގެ އިތުރުން މިނިސްޓަރ ސައީދު ވިދާޅުވީ، މިއުޅެނީ މަޖިލީހުގެ ރައީސްގެ މައްސަލައެއް ނޫން ކަމަށާއި މަދު ވިޔަފާރިވެރިއެއް ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކަން ދައްކާ ބަހަނާއެއް ކަަމަށެވެ. ބެލެވޭ ގޮތުގައި ސައީދުގެ މި ބަހުގެ ހަމަލާ އަމާޒުކުރައްވާފައި ވަނީ ކުރިން ސައީދު އެ ބޭފުޅެއްގެ ދަށުގައި މަސައްކަތްކުރައްވައި އަދި މިނިސްޓަރު ކަމަށް ސައީދު ގެންނެވުމުގައި އިސްކޮށް ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށެވެ.
miulhenee majlis raees ge massalaeh noon. Madhu viyafaari verieh dhaulathah dhakkan jehey faisaa nudhakkan aadhaige mathin dhakkaa bahanaa.
— Mohamed Saeed (@em_saeed) July 4, 2017
ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ރިޝްވަތު ދީގެން މަޖިލީހުގެ ރައީސް ބަދަލު ކުރަން އުޅުމަކީ ގޮތް ހުސްވެފައިވާ ކަން ދައްކުވައިދޭ ނާތަހުޒީބު ފިނޑި އަމަލެއް ކަމަށެވެ. މިހެން ވިދާޅުވެ، ރައީސް ޔާމީން 2018 ޓެގް ކުރައްވާފައިވާ އިރު މަޖިލީހުގެ ރައީސް ވަކިކުރަން އުޅެނީ ސިޔާސީ އަދި މާލީ އަމިއްލަ ފައިދާތަކެއް ނަހަމަ ގޮތުގައި ހޯދަން ބޭނުންވެގެން އުޅޭ، ގައުމަށް ހެޔޮ ނޭދޭ ބައެއް ކަމަށް ވެސް ހައުސިން މިނިސްޓަރ ވިދާޅުވެފައި ވެއެވެ.
Majlis Raees vakikuran ulhenee siyaasee adhi maalee amilla faidhaathakeh nahama gothugai hoadhan beynunvegen ulhey,qaumah heyo neydhey bayeh
— Dr.Mohamed Muizzu (@MMuizzu) July 1, 2017
އެންވަޔަރމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ކުރައްވާ ޓްވީޓުގައި ވަނީ ގާނޫނީ އިމުގެ ތެރެއިން އިދިކޮޅު ވާދަވެރިން ސިޔާސީ ހަރަކާތްތައް ހިނގައިގެން ރައީސް ޔާމީނުގެ ސަރުކާރުގެ ބައްޔެއް ނުކުރެވޭނެ ކަމަށެވެ.
Qaanuni imuge thereyga idhikolhu vaadhaverin siyaasi harakaaithah hingaigen Raees Yameen ge sarukaaru bahyeh nukureveyne. Mee hageegai!
— Thoriq Ibrahim (@Thoriqibrahim) July 4, 2017
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާ ގުޅިގެން ހޯމް މިނިސްޓަރ އަޒްލީން އަހްމަދު ވިދާޅުވީ، ވެރިކަމުގެ ދަހިވެތިކަމުގައި މަޖިލީހުގެ ރައީސް ވަކިކުރަން މަސައްކަތް ކުރަނީ ގޮތް ހުސްވެގެން، ކުރެވޭނެ އެހެން ކަމެއް ނެތިގެން ކަމަށެވެ.
Verikamuge dhahivethi kamugai Majlis ge Raees vakikuran masakkaiy kuranee goiy husvegen kureveyne ehen kameh nethigen. IA ekamehnuvaane.
— Azleen Ahmed (@AzleenAhmed) July 1, 2017
މީގެ އިތުރުން ފިޝަރީސް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވަނީ މަޖިލީހުގެ ބައެއް މެންބަރުންނަށް ފާޅުގައި ފާޑުކިޔާފަ އެވެ. އެގޮތުން އެންމެ ހިތާމަކުރަނީ މެންބަރު ސިނާނާއި މެންބަރު އިލްހާމް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރެއްވުމުން ކަމަށް ވަނީ ހާމަކުރައްވާފަ އެވެ.
މީގެ އިތުރުން، ހެލްތު މިނިސްޓަރ ވެސް ވަނީ، މިކަމާ ގުޅޭ ގޮތުން ހިޔާލުފާޅުކުރައްވާފަ އެވެ. އެގޮތުން އިިދިކޮޅު ފަރާތްތަކަށް ހަޖަމް ނުވެގެން އުޅެނީ ރައީސް ޔާމީން ގެނެސްދެއްވާ ތަރައްގީ ފެނުމުން ކަމަށާއި އެމީހުން މަސައްކަތަކީ އެކަމަށް ހުރަސް އެޅުން ކަމަށެވެ.
Idhikolhu faraaiy thakah hajam nuvegen miulhenee HEP Yameen genas dhevvaa tharaqqee. Ekamah huras elhun emeehunge kamakee
— Abdulla Nazim (@ANazim2019) July 5, 2017