ކ. މާލެ
|
27 މާރޗް 2023 | ހޯމަ 04:47
މޯލްޑިވިއަން
މޯލްޑިވިއަން
މޯލްޑިވިއަން
މޯލްޑިވިއަން އެއަރލައިން
މޯލްޑިވިއަނުން ކޮޗިންއާއި ޓްރިވެންޑްރަމް ދެކޮޅު ޓިކެޓުގެ އަގު ހެޔޮކޮށްފި
ކޮޗިން ދެކޮޅު ޓިކެޓެއްގެ އަގު 216 ޑޮލަރަށް ވަނީ ކުޑަކޮށްފައި
ޓްރިވެންޑްރަމް ދެކޮޅު ޓިކެޓުގެ އަގު މިހާރު ހުރީ 232 ޑޮލަރުގައި

މޯލްޑިވިއަން އެއަރލައިނުން ކޮޗިންއާއި ޓްރިވެންޑްރަމަށް ދަތުރުކުރާ ޓިކެޓުގެ އަގު ހެޔޮކޮށްފިއެވެ.

މާރޗް 23 އިން 30 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ކޮޗިންއާއި ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގެ އަގު ބޮޑުތަނުން ވަނީ ހެޔޮކޮށްފައެވެ.

މި ޕްރޮމޯޝަންގެ ދަށުން ކޮޗިން ދެކޮޅު ޓިކެޓެއްގެ އަގަކީ 216 ޑޮލަރެވެ. މީގެ ކުރިން ކޮޗިން ދެކޮޅު ޓިކެޓެއްގެ އަގު ހުރީ 400 ޑޮލަރުގައެވެ.

ޓްރިވެންޑްރަމް ދެކޮޅު ޓިކެޓުގެ އަގު 232 ޑޮލަރަށް ހެޔޮކޮށްފައިވާއިރު، މީގެ ކުރިން ޓްރިވެންޑްރަމް ދެކޮޅު ޓިކެޓުގެ އަގު ކުރީ 500 ޑޮލަރުގައެވެ.

މޯލްޑިވިއަނުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ބުކިން ހެއްދުމުގެ ފުރުސަތު މާރޗް 30ގެ ނިޔަލަށް ލިބޭނެ ކަމަށެވެ. އަދި އޭޕްރިލް 17ގެ ނިޔަލަށް މި ޓިކެޓުގައި ދަތުރުކުރެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް