Advertisement
ކ. މާލެ
|
26 މާރޗް 2023 | އާދީއްތަ 18:44
މާޅޮހުގެ ބަނދަރު
މާޅޮހުގެ ބަނދަރު
އެމްޓީސީސީ
މާޅޮހު ބަނދަރުގެ މަޝްރޫއު
މާޅޮހުގެ ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް
މި މަޝްރޫއަކީ 56.97 މިލިއަން ރުފިޔާގެ މަޝްރޫއެއް
ޕޭވްމަންޓް އެޅުމުގެ މަސައްކަތުގެ 90 އިންސައްތަ ފުރިހަމަ ކުރެވިފައިވޭ
މިބަނދަރާއެކު މާޅޮހުގެ ރައްޔިތުންނަށް ދިމާވި ލަފާފުރުމުގެ ދަތިކަމަށް ހައްލު ލިބޭނެ

އއ.މާޅޮސްގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

2006 ވަނަ އަހަރު މާޅޮހުގައި ތަރައްގީ ކުރި ބަނދަރު މާގިނަ ދުވަސް ތަކެއް ނުވެ ބޮޑު ބައެއް ހަލާކުވިއެވެ. އަދި ބަނދަރު ބޭނުންކުރުމުގައި ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއަކަށް ވެފައިވަނިކޮށް ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ މިމަސައްކަތް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ހަވާލުކުރިއެވެ. އަދި މާޅޮސް ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް 05 އޭޕްރީލް 2021 ވަނީ ފަށާފައެވެ. މިބަނދަރާއެކު މާޅޮހުގެ ރައްޔިތުންނަށް ދިމާވި ލަފާފުރުމުގެ ދަތިކަމަށް ހައްލު ލިބޭނެއެވެ.

މިމަޝްރޫއުގެ މަސައްކަތްތަކާއި ގުޅޭގޮތުން އެމްޓީސީސީން ބުނީ މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 71 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި، ހާބަރ ޕޭވްމެންޓް އެޅުމުގެ މަސައްކަތުގެ 90 އިންސައްތަ ފުރިހަމަ ކުރެވިފައިވާ ކަަމަށެވެ.

Advertisement

މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 56 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 56.97 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް