ކ. މާލެ
|
26 މާރޗް 2023 | އާދީއްތަ 13:55
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު
ރާއްޖެއެމްވީ
ހައްޖު ކޯޓާ
ހައްޖު ކޯޓާ އިތުރަށް ލިބޭނެ ކަމުގެ ޔަގީންކަން ބޮޑު
3 ކުންފުންޏެއް ހޮވާ 270 ކޯޓާ އެ ކުންފުނިތަކަށް ދެވޭނެ
ކޯޓާގެ އަދަދު އިތުރުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެސް ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުން
އަދި އެންމެ ފަހުން ފުރުސަތު ލިބުނު ފަހަރުވެސް ލިބުނީ 400 ޖާގަ

ހައްޖު ކޯޓާ އިތުރަށް ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ހައްޖު ކޯޓާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، ހައްޖު ކޯޓާ އިތުރުކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ދިވެހި ރައްޔިތުންނަށް ލިބިފައި ހުރި ކޯޓާގެ އަދަދު އިތުރުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެ މަސައްކަތް މާތް ﷲ ގެ ރަހުމަތްފުޅާއެކު ކާމިޔާބު ވާނެ. އުއްމީދުކުރެވޭ މިއަހަރު އިތުރުވާނެ ކަމަށް. 1000 ކޯޓާގެ އިތުރުން އިތުރު ކޯޓާ ރައީސްގެ މަސައްކަތްޕުޅާއެކު ލިބިގެންދާނެ.
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު

މިނިސްޓަރ ވިދާޅުވީ 1000 ކޯޓާ މިހާރުވެސް ލިބިފައިވާ ކަމަށާއި، 1000 ކޯޓާގެ ތެރެއިން 270 ކޯޓާ އަމިއްލަ ފަރާތްތަކަށް ދެއްވާނެކަމަށެވެ.

އެގޮތުން 3 ގްރޫޕެއް ހޮވާފައި ކޮންމެ ގްރޫއްޕަކަށް 90 ކޯޓާ ދެއްވާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިހާރު ކުރިއަށް ގެންދަނީ ބިޑް ބަލައިގަނެ ބިޑް އިވެލުއޭޓް ކުރުމުގެ މަރުހަލާ ކަމަށާއި، ލަސްތަކެއް ނުވެ ހޮވުނީ ކޮން ގްރޫޕެއްކަން އިއުލާން ކުރައްވާނެ ކަމަށެވެ.

90 ކޮންމެ ގްރޫއްޕަކަށް ދީފައި އެހެންވީމަ 270 އަމިއްލަ ފަރާތްތަކަށް ދޫކުރެވޭނެ. ބާކީ ދޫކުރެވޭނީ ހައްޖުކޯޕަރޭޝަން މެދުވެރިކޮށް.
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު

މަޖިލީހަށް ހާޒިރުކުރެވުނު ދުވަހު މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ހައްޖަށްދާން ބޭނުންވާ މީހުންގެ ވަރަށް ބޮޑު ލިސްޓެއް ހައްޖު ކޯޕަރޭޝަންގައި އެބައޮތް ކަމަށެވެ. ފައިސާ ދެއްކި ފަރާތްތައް ކިއުގައި އެބަހުރި ކަމަށާއި، ކޮވިޑާއި ގުޅިގެން މީހުން ހައްޖަށް ނުގެންދެވޭތާ 2 އަހަރު ދުވަސްވެއްޖެ ކަމަށެވެ.

އަދި އެންމެ ފަހުން ފުރުސަތު ލިބުނު ފަހަރުވެސް ލިބުނީ 400 ޖާގަ ކަމަށާއި، އެހެންކަމުން އެ ލިސްޓުގައި ތިބި ފަރާތްތައް ވަރަށް ބޮޑަށް ފަހަތަށް ގޮސްފައިވާ ކަމަށެވެ.

- ކޮމެންޓް