ކ. މާލެ
|
26 މާރޗް 2023 | އާދީއްތަ 10:29
ގއ.ވިލިނގިލި ބަނދަރު ތަރައްގީ ކުރުން
ގއ.ވިލިނގިލި ބަނދަރު ތަރައްގީ ކުރުން
އެމްޓީސީސީ
ވިލިނގިލީ ބަނދަރު މަޝްރޫއު
ވިލިނގިލީ ބަނދަރު ފުން ކުރުމުގެ %45 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ
މި މަޝްރޫއާއެކު ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ
އެއްގަމު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި

ގއ.ވިލިނގިލީ ބަނދަރު ފުން ކުރުމުގެ %45 މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ވިލިނގިލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ތިންވަނަ ފިޔަވަހި) ގެ ދަށުން، އައު ހާބަރ ފުންކުރުމުގެ މަސައްކަތް މިހާރު 45 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށެވެ.

އަދި، އެއްގަމު ތޮށި ލުމުގެ މަސައްކަތް މިހާރު ފެށިފައިވާކަންވެސް އެމްޓީސީސީން ބުނެއެވެ.

Advertisement

ގއ.ވިލިނގިއްޔަކީ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ އެއްރަށެވެ. ގިނަ އަދަދެއްގެ އޮޑި ދޯނިފަހަރު ގެންގުޅޭއިރު ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ވެގެން ދިއުމަކީ އެރަށު ރައްޔިތުންގެ އުންމީދެކެވެ.

އަތޮޅުގެ މަސްވެރިން ވިލިނގިލީގެ ބަނދަރު ބޭނުންކުރަމުންދާއިރު، މިމަޝްރޫއާއެކު ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް