ކ. މާލެ
|
26 މާރޗް 2023 | އާދީއްތަ 07:10
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ދައުލަތުގެ ޚަރަދު
ދައުލަތުގެ ޚަރަދު 10 ބިލިއަނާ ގާތްކޮށްފި
މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުގެ ގޮތުގައި ހިނގާފައިވަނީ 7.2 ބިލިއަން ރުފިޔާ
ރިކަރަންޓް ޚަރަދުގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ހިނގާފައިވޭ

ދައުލަތުން މިހާތަނަށް ކުރި ޚަރަދު 10 ބިލިއަން ރުފިޔާއާ ގާތްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މާރޗް 16ގެ ނިޔަލަށް މިހާތަނަށް ދައުލަތުން ކުރި ޚަރަދު ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ވަނީ ބޮޑުތަނުން ބޮޑުވެފައެވެ.

މާރޗް 16ގެ ނިޔަލަށް މިއަހަރު ދައުލަތުން ވަނީ 9.2 ބިލިއަން ރުފިޔާގެ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހިނގާފައިވަނީ 7.2 ބިލިއަން ރުފިޔާގެ ޚަރަދު ކަމަށް މިނިސްޓްރީން ހާމަކޮށްފައެވެ.

މިއަހަރު މިހާތަނަށް ރިކަރަންޓް ޚަރަދުގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ވަނީ ހިނގާފައެވެ. މިގޮތުން މުސާރައާއި ޕެންޝަނަށް ކުރި ޚަރަދު 2 ބިލިއަނަށް އަރާއިރު، އެޑްމިނިސްޓްރޭޓިވް ޚަރަދުތައް 4 ބިލިއަނަށް އަރައެވެ.

ކެޕިޓަލް ޚަރަދުގެ ގޮތުގައި 1 ބިލިއަން ރުފިޔާ ހިނގާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ. މީގެ ތެރެއިން އިންފްރާސްޓްރަކްޗަރ އެސެޓަށް 1.5 ބިލިއަން ރުފިޔާ ހިނގާފައިވެއެވެ.

މީގެ އިތުރުން 782 މިލިއަން ރުފިޔާގެ ލޯނު އަނބުރާ ދައްކާފައިވެއެވެ. އަދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 211 މިލިއަން ރުފިޔާ ފޮނުވާފައިވާއިރު، ޕީއެސްއައިޕީ މަޝްރޫއުތަކަށް 2.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 457.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

- ކޮމެންޓް