ކ. މާލެ
|
23 މާރޗް 2023 | ބުރާސްފަތި 11:43
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
އިމިގްރޭޝަން
އިމިގްރޭޝަން
ރޯދަމަހު އިމިގްރޭޝަންގެ ޚިދުމަތްދޭ ވަގުތު ކުޑަކޮށްފި
ޕާސްޕޯޓު ދޫކުރާނީ ހެނދުނު 09:15 އިން 12:00 އަށް
އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވާރކް ވިސާއަށް އެދެވޭނެ
އިމުގާ ޕޯޓަލްއިން އެހެން ވިސާތަކަށް އެދެވޭނެ

ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދޭ އެކި ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތަކަށް ބަދަލުގެނެސް ތަފްސީލުތައް އާންމުކޮށްފިއެވެ.

އިމިގްރޭޝަނުން ވަނީ ރަމަޟާންމަހު އެ އިދާރާގެ އެކި ޚިދުމަތްދޭ ވަގުތުތައް ކުރުކޮށްފައެވެ. އިމިގްރޭޝަނުން ބުނީ މި މުއްދަތުގައި އިމުގާ ޕޯޓަލް މެދުވެރިކޮށް ދިވެހި ޕާސްޕޯޓަށް އެދި ހުށަޅޭނެ ކަމަށެވެ. އަދި ޕާސްޕޯޓް ދޫކުރާނީ ހެނދުނު 09:15 އިން 12:00 އަށް ކަމަށެވެ.

މީގެ އިތުރުން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވާރކް ވިޒާއަށް އެދެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އެހެނިހެން ވިޒާތަކަށް އިމުގާ ޕޯޓަލް މެދުވެރިކޮށް އެދެވޭނެއެވެ.

އިމިގްރޭޝަނުން ބުނީ ވާރކް ވިޒާއަށް އެދި ޕާސްޕޯޓް ހުށަހެޅުން ކުރިއަށްދާނީ އެޕޮއިންޓްމަންޓު އުސޫލުން ކަމަށެވެ. މި ޚިދުމަތް ދެނީ ހެނދުނު 09:05 އިން 10:45 އަށެވެ. އަދި ވާރކް ވިސާއަށް އެދި ހުށަހަޅާފައިވާ ޕާސްޕޯޓް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެޕޮއިންޓްމަންޓު އުސޫލުން 11:00 އިން 12:30 އަށް ކަމަށެވެ. ވާރކް ވިސާ ފިޔަވައި އެހެނިހެން ވިސާތަކަށް އެދި ޕާސްޕޯޓް ބަލައިގަތުމާއި، ވިސާ ދޫކުރުން 09:05 އިން 12:15 އަށް ކުރިއަށްދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ ސީޕޯޓުގެ ޚިދުމަތްތަކަށް އިމުގާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި ސީޕޯޓުގެ ޚިދުމަތް ދިނުމަށް ނިންމާފައިވަނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 08:00 އިން 17:00 އަށް އަދި ރޭގަނޑު 21:30 އިން 00:00 އަށް ކަމަށެވެ. ހުކުރު ދުވަހު ސީޕޯޓުގެ ޚިދުމަތް ދޭނީ މެންދުރުފަހު 14:30 އިން 17:00 އަށެވެ. އަދި ރޭގަނޑު 21:30 އިން 00:00 އަށެވެ.

- ކޮމެންޓް