ރޯދަމަހާއި ގުޅިގެން މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ދެމުންދާ ޚިދުމަތްތަކަށް ބަދަލު ގެނެސްފިއެވެ.
ބްލްޑް ސަރވިސްއިން ބުނީ 25 މާރިޗު 2023ން ފެށިގެން 1444 ވަނަ އަހަރުގެ ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު އެ ސަރވިސަސްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ގަޑިތަކަށް ބަދަލު ގެނެވިފައިވާ ކަމަށެވެ. އަދި އެ ސަރވިސަސް ހުޅުވިފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 9:00ން 03:00ށް އަދި ރޭގަނޑު 8:00ން 02:00 އަށެވެ.
އެގޮތުން އެޗް.ބީ ބެލުމާއި ކްރޮސްމެޗް ހެދުމަށް ސާމްޕަލްނެގުންގެ ޚިދުމަތް ހެނދުނު 9:00ން މެންދުރުފަހު 14:30ށް އަދި ރޭގަނޑު 8:00ން 00:00ށް ، ތެލެސީމިއާ ސްކްރީނިންގެ ޚިދުމަތް ހެނދުނު 09:15ން މެންދުރު 12:00ށް، ތެލެސީމިއާ ކާޑް ދޫކުރުން ހެނދުނު 9:15ން މެންދުރު 12:00ށް، ޑޯނަރުން ގައިން ލޭ ނެގުން ހެނދުނު 9:00ން މެންދުރުފަހު 14:00ށް އަދި ރޭގަނޑު 8:00ން 1:00ށް ޑޯނަރުން ގައިން އެފެރެސިސްކޮށް ލޭ ނެގުން ހެނދުނު 9:00ން މެންދުރުފަހު 13:00ށް އަދި ރޭގަނޑު 8:00ން 23:00ށް، ބޭސް ދޫކުރުމުގެ ޚިދުމަތް ހެނދުނު 9:00ން މެންދުރުފަހު 14:30ށް އަދި ރޭގަނޑު 9:00ން 1:30ށް ދިނުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ޔުނިޓް-1 އަދި ޔުނިޓް-2 އަކުން ލޭ ގުޅައިދިނުމުގެ ޚިދުމަތް ހެނދުނު 9:00ން 9:30ށް ހުރިހާ އުމުރެއްގެ ކުދިންނަށް ލިބޭނެ އެވެ. އަދި ރޭގަނޑު 8:00ން 8:30ށް 12 އަހަރުން މަތީގެ ކުދިންނަށް އެ ޚިދުމަތް ލިބޭނެ ކަމަށް ބްލަޑް ސަރވިސްއިން ބުނެއެވެ.
އެސަރވިސްއިން ބުނީ ޑޮކްޓަރުން ބެއްލެވުން ހެނދުނު 9:00ން މެންދުރުފަހު 2:45ށް، ރޭގަނޑު 8:00ން 1:45ށް ކުރިއަށްދާއިރު، އައިޖީއެމްއެޗް ޓެސްޓްތަށް ހެދުމަސް ސާމްޕަލް ނެގުމުގެ ޚިދުމަތް ހެނދުނު 9:00ން މެންދުރުފަހު 14:30ށް ކުރިއަށްދާނެ ކަމަށެވެ.
ޑޯނަރުން ގައިން ލޭ ނެގުމަށްފަހު، ކުއްޖާ ގައިން މެންދުރު 12:00 ގެ ފަހުން ނަގާ ސާމްޕަލްގެ ކްރޮސްމެޗް ނިމޭނީ އެރޭ 22:30 ގައެވެ. ރޭގަނޑު 10:30 ގެ ފަހުން ނަގާ ސާމްޕަލްގެ ކްރޮސްމެޗް ނިމޭނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 11:30 ގައެވެ. އަދި ޖެހިގެން އަންނަ ދުވަހަކީ ބަންދު ދުވަހެއް ކަމުގައިވާނަމަ ކްރޮސްމެޗް ހެދުމަށް ސާމްޕަލް ނެގޭނީ އެދުވަހުގެ ރޭގަނޑު 22:30 ގެ ކުރިން ކަމަށް ބްލަޑް ސަރވިސްއިން ބުނެއެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މިވަގުތުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.