Advertisement
ކ. މާލެ
|
4 ޖުލައި 2017 | އަންގާރަ 20:49
ރައީސް ޔާމީން ރިޔާސީ ބަޔާނެއް އިއްވަވަނީ
ރައީސް ޔާމީން ރިޔާސީ ބަޔާނެއް އިއްވަވަނީ
ގޫގުލް
އެމެރިކާގެ މިނިވަން ދުވަސް
އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
މިއަދަކީ އެމެރިކާގެ މިނިވަން ދުވަސް

އަންގާރަދުވަހު ފާހަގަކުރަމުންދާ އެމެރިކާގެ މިނިވަންދުވަހުގެ މުނާސަބަތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި، ނައިބު ރައީސް މައިކް ޕެންސަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ  ފޮނުއްވައިފިއެވެ.

 

ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ރައީސަށް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އެމެރިކާގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، މިނިވަންދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ރަހުމަތްތެރި ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި ‏‏އިތުރަށް ބަދަހިވެގެންދާނެ‏ ‏ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވަނީ ‏‏ވިދާޅުވެފައެވެ.

 

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެމެރިކާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް އެދިވަޑައިގެންފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް