Advertisement
ކ. މާލެ
|
4 ޖުލައި 2017 | އަންގާރަ 19:22
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
ރާއްޖެ އެމްވީ
ރައީސް ޔާމިން
"ރައީސް ޔާމީންގެ ސިޔާސީ ބަގީޗާގައި އިތުރަށް ފޮޅޭނެ މަލެއް ނެތް"
ސަރުކާރަށް ފާޑުކިޔާ ފަރާތްތައް ދަނީ އިތުރުވަމުން
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ވައްދާފައި
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއި އެކު މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލާފަ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސިޔާސީ ބަގީޗާގައި އިތުރަށް ފޮޅޭނެ މަލެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

މުއްދަތެއް ނެތްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމާއި ގުޅިގެން، އަންގާރަދުވަހު އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމިންގެ ރިޔާސި ދައުރު ނިމެންދެން ރައްޔިތުންގެ މަޖިލިސް ސަސްޕެންޑްކޮށްފައި ބޭއްވިޔަސް، އަދި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ހައްޔަރުކޮށް އެފަރާތްތަކަށް ބިރުދެއްކި ނަމަވެސް، ރައީސް ޔާމީންގެ ސިޔާސީ ބަގީޗާގައި އިތުރަށް ފޮޅޭނެ މަލެއް ނެތް ކަމަށެވެ.

އަމީން މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު، ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން، އަންގާރަ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިއުލާނު ކުރެއްވި ނަމަވެސް، މުއްދަތެއް ނެތްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށް ނިންމާފައިވާކަން، ފަހުން އެސްއެމްއެސްއެއް މެދުވެރިކޮށް މެންބަރުންނަށް ވަނީ އަންގާފައެވެ.

މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ސާޅީސް ފަސް މެމްބަރުންގެ ސޮޔާއެކު ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅުމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
5 ޖުލައި 2017 | ބުދަ 07:46
މަ
އިތުރަށް ފޮޅެންދެންހުރީ ޢަމަލު