ކ. މާލެ
|
22 މާރޗް 2023 | ބުދަ 07:08
ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު
ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު
ރައީސް އޮފީސް
ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް
ފުލުހުންގެ މަސައްކަތްތައް ތަރައްޤީކޮށް ރަނގަޅު ކުރެވޭނީ ހޯދުންތައް ހޯދައި ޒަމާނަށް އަންނަ ބަދަލުތައް ދެނެގަނެގެން: ނައިބު ރައީސް
 
ރައްޔިތުންނަށް ލިބޭނެ އެންމެބޮޑު ހިތްހަމަޖެހުމަކީ ރައްކާތެރި އަމާން މާހައުލެއް ޤާއިމުވެފައި އޮތުން

ފުލުހުންގެ މަސައްކަތްތައް ތަރައްޤީކޮށް ރަނގަޅު ކުރެވޭނީ ހޯދުންތައް ހޯދައި ޒަމާނަށް އަންނަ ބަދަލުތައް ދެނެގަނެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް 2023 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޤައުމެއްގެ ރައްޔިތުންނަށް ލިބޭނެ އެންމެބޮޑު ހިތްހަމަޖެހުމަކީ ރައްކާތެރި އަމާން މާހައުލެއް ޤާއިމުވެފައި އޮތުން ކަމަށެވެ.

މިކަންކަން ކަށަވަރުކުރުމުގައި ރެޔާއި ދުވާލު ބުރަ މަސައްކަތްކުރާ ފަރާތްތަކެއް އެބަތިބިކަން ފާހަގަކުރައްވައި އެފަރާތްތަކުން އެ ކުރާ މަސައްކަތްތައް ތަރައްޤީކޮށް ރަނގަޅު ކުރެވޭނީ ވެސް ހޯދުންތައް ހޯދައި ޒަމާނަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ އެހެން ޤައުމުތަކުގައި ގެންގުޅޭ ވައްޓަފާޅިތަކާއި އަރާ ހަމަކޮށްގެންކަން އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަބަދުވެސް ނުރަނގަޅު ކަމެއް ޢާންމުވުމުގެ ކުރިން ދުރާލައި އެކަމަކަށް ފިޔަވަޅުއަޅައި ކަންކަން ބައްޓަންކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ކަންކަން ރަނގަޅުކޮށް، ތަރައްޤީކުރުމަށްޓަކައި އެންމެ ރަނގަޅު އުކުޅުތަކާ އައު ހޯދުންތައް ހޯދައި ދިރާސާކުރުމަކީ މި ޒަމާނުގައި އެންމެ އިސްކަންދޭންޖެހޭ އެއް ކަންތައް ކަމަށް ވެސް ވިދާޅުވިއެވެ.

ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުންގެ ދިރާސާ ކަރުދާސްތައް ހުށަހެޅިގެން ދިޔަ މި ކޮންފަރެންސް ބާއްވާފައި ވަނީ މި މާރިޗު މަހުގެ 18ން 20 އަށެވެ.

ފުލުހުންގެ ޚިދުމަތްތައް ކުރިއަރުވައި، ތަރައްޤީކޮށް ޕޮލިސް ރިފޯމް ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ.

ކޮމެންޓް