Advertisement
ކ. މާލެ
|
4 ޖުލައި 2017 | އަންގާރަ 17:30
މެންބަރު އަރީފް: ރައީސް ޔާމީންއަށް ފާޅުގައި ފާޑު ވިދާޅުވޭ
މެންބަރު އަރީފް: ރައީސް ޔާމީންއަށް ފާޅުގައި ފާޑު ވިދާޅުވޭ
ޓްވިޓަރ
ރިޝްވަތު ދިނުން
ﷲ ގަންދީ މިދަންނަވަނީ ރައީސް ޔާމިން ވިދާޅުވި އަދީބު ބައްސަވަނީ ތިމަން މަނިކުފާނުގެ ފައިސާއޭ:މެންބަރު އަރީފް
އަޅުގަނޑު އިނިން އެތަނުގައި
އެތައްބައިވަރު މެންބަރުންނެއްވެސް ތިއްބެވި
އެހެން ވިދާޅުވީ ރައީސް ޔާމިން ބައިވެރިވި ޕީޕީއެމް ޕީޖީ ގުރޫޕްގެ ބައްދަލުވުމެއްގައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ބައްސަވަނީ ރައީސް ޢަބްދުﷲ ޔާމީންގެ ފައިސާ ކަމަށް އެތައް މެންބަރުންނެއްގެ ކުރިފުޅު މަތީގައި އެމަނިކުފާނު ވިދާޅުވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް ވިދާޅުވިއެވެ.

ރާއްޖެ ޓީވީން އަންގާރަ ދުވަހުން ވަގުތުން ގެނެސްދިން "ރާއްޖޭގެ ސިޔާސީ މަޝްރަހް" ޕްރޮގްރާމްގައި އަރީފް ވިދާޅުވީ އަދީބު ބައްސަވަނީ ރައީސް ޔާމީންގެ ފައިސާކަމަށް ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރެއްގެ ހާޒިރުގައި ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.

"މާތް ﷲ ގަންދީ ހުވާކޮށްފައި މިބުނަނީ. އަޅުގަނޑު އިންތަނެއްގައި ރައީސް ޔާމީން ވިދާޅުވި އަދީބު ބައްސަވަނީ ރައީސް ޔާމީންގެ ފައިސާއޭ" އަރީފް ވިދާޅުވިއެވެ.

ނަމަވެސް މި މައްސަލައެއް ފުލުހުން ނުބަލަ އެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ އަރީފް ވިދާޅުވީ ރައީސް ޔާމީން އެހެން ވިދާޅުވީ ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމެއްގައި ކަމަށެވެ. އަދި އެހެން ވިދާޅުވިއިރު ޕީޕީއެމް ޕީޖީ ގްރޫޕްގެ ގިނަ މެންބަރުން ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ.

އަރީފް މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީން މެންބަރުންނަށް ރިޝްވަތު ނުދެއްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތަކާއި އެމަނިކުފާނުގެ މެނިފެސްޓޯގައިވާ ކަންކަން ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން އާދޭސް ދަންނަވާފައި އެބަހުރި ކަމަށެވެ. ރައްޔިތުންގެ ކަންކަން ފުރިހަމަކޮށްދެއްވުމުގައި އެހީތެރިކަން ދެއްވުމަށް މެންބަރުންގެ އަރިހުން އާދޭސް ދަންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް މެންބަރުންނަށް ރިޝްވަތު ދެއްވައިގެން ކަންކަން ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް