ކ. މާލެ
|
21 މާރޗް 2023 | އަންގާރަ 07:23
ޕާކިސްތާނުގެ ޑެންމާކް ދެ ކުޅުންތެރިން: ރާއްޖެއާ ދެކޮޅަށް ކުޅޭނެ
ޕާކިސްތާނުގެ ޑެންމާކް ދެ ކުޅުންތެރިން: ރާއްޖެއާ ދެކޮޅަށް ކުޅޭނެ
ގޫގުލް
ޕާކިސްތާން - ރާއްޖެ
ރާއްޖޭގެ ތަޖުރިބާއާ ދެކޮޅަށް ޕާކިސްތާނުން ނެރެނީ ޒުވާން ޓީމެއް: ކޯޗު
ޕާކިސްތާން ޓީމުގެ އެވްރެޖް އުމުރަކީ 22 އަހަރު، ރާއްޖެ 28 އަހަރު

ދިވެހިރާއްޖެއާ ދެކޮޅަށް މިއަދު ނުކުންނައިރު ރާއްޖެ އަކީ ވަރަށް ތަޖުރިބާކާރު ޓީމެއް ކަމަށާއި ނަމަވެސް ޕާކިސްތާން ޓީމަކީ ޒުވާން ޓީމެއް ކަމަށް އެ ގައުމުން ބުނެފި އެވެ.

ލ. ގަމު ޒޯން ސްޓޭޑިއަމުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅޭ މެޗާ ބެހޭ ގޮތުން ޕާކިސްތާނުގެ ކޯޗު ޝަހުޒާދު އަންވަރު ބުނީ މެޗުގައި އޭނާގެ ޓީމު ވިދާލާނެ ކަމާމެދު ޝައްކުނުކުރާ ކަމަށެވެ.

ރާއްޖެ އަކީ އެވްރެޖް 28 އަހަރުގެ ޓީމެއް. ގާތްގަނޑަކަށް ދިވެހި ޓީމަކީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ނެގި ޓީމު. އަހަރުމެންގެ ޓީމުގެ އެވްރެޖް އުމުރަކީ 22 އަހަރު. އަހަރުމެން މިއުޅެނީ ޓީމެއް ބިނާކުރަން. އަހަރެން އުއްމީދުކުރަނީ ރާއްޖެއާ ދެކޮޅަށް އަހަރުމެން ވިދާލާނެ ކަމަށް
ޕާކިސްތާނު ޓީމުގެ ކޯޗު

މާލޭގައި އެއް ޕްރެކްޓިސް ކުރުމަށްފަހު މި މެޗަށް ޕާކިސްތާން ޓީމު ގަމަށް ދިޔައީ ރޭގަ އެވެ. ޕްރެކްޓިސް ކުރުމެއްނެތި އެކުލަވާލި ރާއްޖޭގެ ޓީމު ގަމަށް ދިޔައީ އާދީއްތަ ދުވަހު މެންދުރު އެވެ.

ކޯޗު ބުނީ މެޗު އާޓިފިޝަލް ދަނޑެއްގައި ކުޅެން ޖެހުމަކީ މައްސަލައެއްނޫން ކަމަށެވެ.

މި މެޗަށް ޕާކިސްތާން ޓީމާއެކު އިނގިރޭސި ޑިފެންޑަރު ހާރޫން ހާމިދާއި ރާއްޖޭގެ އެކި ޓީމުތަކަށް ކުޅެމުން އަންނަ ގޯލްކީޕަރު ސާގިބް ހަނީފް ވެސް މާލެ އައެވެ. މީގެ އިތުރުން މުޅިން އަލަށް ޓީމުން ޖާގަދިން ޑެންމާކަށް އުފަން ދެ ކުޅުންތެރިން ކަމަށްވާ އަބްދުއްސަމަދު ޝެހެޒާދް އާއި ޑިފެންޑަރު އަބްދުﷲ އިގްބާލް ވެސް ރާއްޖެ އައިސްފައިވެ އެވެ.

- ކޮމެންޓް