ކ. މާލެ
|
20 މާރޗް 2023 | ހޯމަ 22:28
ރެހެންދި އެވޯޑް ލިބިވަޑައިގެންނެވި ފަރާތަކަށް އެވޯޑް ހަވާލުކުރައްވަނީ
ރެހެންދި އެވޯޑް ލިބިވަޑައިގެންނެވި ފަރާތަކަށް އެވޯޑް ހަވާލުކުރައްވަނީ
ރައީސް އޮފީސް
ރެހެންދި އެވޯޑް
ރެހެންދި އެވޯޑް 6 ބޭފުޅަކާއި އެއް ކުންފުންޏަކަށް
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ރެހެންދި އެވޯޑް ދޭން ފަށާފައި ވަނީ 2014 ވަނަ އަހަރުން ފެށިގެން

މިއަހަރު ރެހެންދި އެވޯޑް ހާސިލްކޮށްފައިވާ 6 ފަރާތަކަށާއި އެއް ކުންފުންޏަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރެހެންދި އެވޯޑް ހަވާލުކޮށްދެއްވައިފިއެވެ.

އެވޯޑްތައް ހަވާލުކޮށްދެއްވާފައިވަނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. މިއަހަރު ރެހެންދި އެވޯޑް ހާސިލްކުރެއްވި ފަރާތްތަކަކީ:

- ރުޤިއްޔާ އިބްރާހިމް :ލީޑަރޝިޕް އަދި ގަވަރނަންސްގެ ކެޓަގަރީ

ޢިޖުތިމާއީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާއިން:

- ހުސްނާ ފަހުމީ

- އައިމިނަތު އިބްރާހިމް

- ޒީނާ ޒާހިރު

- ރަޝީދާ އިބްރާހިމް

- ޢާއިޝަތު ޝިމާނީ : އަންހެނުން އާއްމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ ނޮން ޓްރެޑިޝަނަލް ރޯލް ކެޓަގަރީ

އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގ - ވަޒީފާދޭ މުއައްސަސާ އަކަށް ހޮވިފައި ވަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)

މީގެއިތުރުން މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ވަނީ މިއަހަރު ރެހެންދި އެވޯޑު ޙާޞިލުކޮށްފައިވާ ފަރާތްތަކަށް، ބުރޫޗު ހަވާލުކޮށްދެއްވާފައެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ރެހެންދި އެވޯޑް ދޭން ފަށާފައި ވަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ.

ރެހެންދި އެވޯޑު ދެނީ އަންހެނުން ކުރާ މަސައްކަތްތަކާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތާއި އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

- ކޮމެންޓް