Advertisement
ކ. މާލެ
|
20 މާރޗް 2023 | ހޯމަ 07:12
އިންޑިއާ ސަރުކާރުން ސެނަހިޔާއަށް ތަކެތި ހަވާލު ކުރުން
އިންޑިއާ ސަރުކާރުން ސެނަހިޔާއަށް ތަކެތި ހަވާލު ކުރުން
އިންޑިއާ އިން މޯލްޑިވްސް
އިންޑިއާއިން ސެނަހިޔާއަށް ތަކެތި ހަދިޔާ ކުރުން
އިންޑިއާއިން ސެނަހިޔާއަށް މެޑިކަލް ސާމާނު ހަދިޔާކޮށްފި
އެކްސްރޭ މެޝިނާއި އީސީޖީ ހަދާ މެޝިނަކާއި އީއީޖީ ހަދާ މެޝިނަކާއި އަލްޓްރާ ސައުންޑް މެޝިނެއް ހަދިޔާ ކުރި

އިންޑިއާ ސަރުކާރުން ސެނަހިޔާ ހޮސްޕިޓަލަށް މެޑިކަލް ސާމާނު ހަދިޔާކޮށްފިއެވެ.

ސެނަހިޔާ ހޮސްޕިޓަލަށް އިންޑިއާ ސަރުކާރުން މެޑިކަލް ސާމާނު ހަދިޔާކޮށްފައިވަނީ އެ ޤައުމުގެ ޑިފެންސް ސެކްރެޓަރީ ގިރިދަރް އަރަމާނޭ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިތަކެއްޗާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

އެ ޤައުމުން ހަދިޔާކުރި ތަކެތީގެ ތެރޭގައި އެކްސްރޭ މެޝިނާއި އީސީޖީ ހަދާ މެޝިނަކާއި އީއީޖީ ހަދާ މެޝިނަކާއި އަލްޓްރާ ސައުންޑް މެޝިނެއް ހިމެނެއެވެ.

Advertisement

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފައިވާ ގޮތުގައި މި މެޑިކަލް ސާމާނުގެ ސަބަބުން ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ކެޕޭސިޓީ އިތުރު ކުރުމަށް އެހީވާނެއެވެ.

އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ބާއްވަމުން އަންނަ ޑިފެންސް ކޯޕަރޭޝަން ޑަޔޮލުގެ ރަސްމީ ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއީ ޑިފެންސް ކޯޕަރޭޝަން ޑަޔަލޮގުގެ ދަށުން ކުރިއަށްގެންދިޔަ ހަތަރު ވަނަ މަޝްވަރާ ބައްދަލުވުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް