ޓޮޓެންހަމް މޮޅުވާން ދިޔަ މެޗުގައި އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް, ސައުތެމްޓަންއިން ޕޮއިންޓް ހިއްސާކޮށްފިއެވެ.
3-2 ން ޓޮޓެންހަމް މޮޅުވާން ދަނިކޮށް, މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީން ނަތީޖާ ހަމަހަމަކޮށްދިނީ ޖޭމްސް ވޯޑް ޕްރައުސްއެވެ. މެޗުގައި ޓޮޓެންހަމްއިން ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޕޯރޯ ޖެހި ލަނޑުންނެވެ. އެކަމަކު ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނިޓްގައި އެޑަމްސް ލަނޑު ޖަހާ ސައުތެމްޓަންއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ޓޮޓެންހަމްއަށް ދެވަނަ ފަހަރަށް ކުރިހޯދައިދިނީ 65 ވަނަ މިނިޓްގައި ހެރީ ކޭންއެވެ. އަދި ޕެރިސިޗް އިތުރު ލަނޑެއް ޖަހާ ފަރަގު ބޮޑުކުރިއެވެ. ޕެރިސިޗް ކުޅެން ނިކުތީ ބަދަލެއްގެ ގޮތުގައި 37 ވަނަ މިނިޓްގައެވެ. އިތުރު ވަގުތުގެ ކުރިން ސައުތެމްޓަންއަށް އުއްމީދު ހޯދައިދިނީ 77 ވަނަ މިނިޓްގައި ތިއޯ ވޮލްކޮޓްއެވެ. މެޗުން މޮޅުނުވުމުގެ އިތުރުން ޓޮޓެންހަމްއަށް އޮތް މާޔޫސްކަމަކީ ރިޗާލިސަންއަށް އަނިޔާވުމެވެ. އަނިޔާގެ ފަސްވަނަ މިނިޓްގައި ބަދަލުކުރުމުން އޭނާ ދަނޑުން ފޭބީ ރޮމުންނެވެ.
މިނަތީޖާއާއެކު ޓޮޓެންހަމް އޮތީ 49 ޕޮއިންޓާއެކު ހަތަރު ވަނާގައެވެ. ފަސްވަނާގައި އޮތް ނިއުކާސަލްއަށްވުރެ އިތުރަށް ޓޮޓެންހަމް ދެ މެޗު ކުޅެފައިވާތީ ހަތަރުވަނަ ގެއްލުމުގެ ފުރުޞަތު ބޮޑެވެ. ދެޓީމްގެ ފަރަގަކީ ދެ ޕޮއިންޓެވެ. ސައުތެމްޓަން އޮތީ ތާވަލްގެ ފުލުގައެވެ.