ކ. މާލެ
|
19 މާރޗް 2023 | އާދީއްތަ 07:13
މ. ދިއްގަރުން ހޯމްސްޓޭ ޓުއަރިޒަމަށް ފަތުރުވެރިންނަށް މަރުހަބާ ކިޔުން
މ. ދިއްގަރުން ހޯމްސްޓޭ ޓުއަރިޒަމަށް ފަތުރުވެރިންނަށް މަރުހަބާ ކިޔުން
ސަން އޮންލައިން
ރާއްޖޭގެ ފަތުރުވެރިކަން
ފަތުރުވެރިކަމަށް 23.8 އިންސައްތައިގެ ކުރިއެރުމެއް!
އަހަރުގެ މިހާތަނަށް 440،059 ފަތުރުވެރިން ވަނީ އައިސްފައި
ދުވާލެއްގެ މައްޗަށް 5،947 ފަތުރުވެރިން އަންނަމުންދޭ

ރާއްޖޭގެ ފަތުރުވެރިކަމަށް 23.8 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން މާރޗް 15ގެ ނިޔަލަށް އާންމުކޮށްފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް 440،059 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ 2022 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 23.8 އިންސައްތައިގެ އިތުރުވުމެކެވެ. 2022 ވަނަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 355،433 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ހިނގާ މާރޗް މަހުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދުވެސް 2022 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވެފައިވާކަމަށެވެ. މިއަހަރު މާރޗް 15ގެ ނިޔަލަށް 89،646 ފަތުރުވެރިން އައިސްފައިވާއިރު 2022 ވަނަ އަހަރުގެ މި މުއްދަތުގައި 74،657 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ. މިއަހަރު 20.1 އިންސައްތަ އިތުރުވެފައިވެއެވެ.

އަހަރުގެ މިހާތަނަށް ދުވާލަކު 5،947 ފަތުރުވެރިން އަންނަމުންދެއެވެ. އަދި 8 ދުވަހު ރާއްޖޭގައި މަޑުކުރެއެވެ.

މިއަހަރު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެގައުމުން މިހާތަނަށް 54،527 ފަތުރުވެރިން ވަނީ އައިސްފައެވެ. އިންޑިއާއިން 47،462 ފަތުރުވެރިން އައިސްފައިވާއިރު، އިނގިރޭސިވިލާތުން 41،126 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެ އިތުރުން އިޓަލީ، ޖަރުމަނު، ފްރާންސް، އެމެރިކާ، ޗައިނާ، ސްވިޒަރލޭންޑް އަދި ޕޮލޭންޑުން ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަމުންދެއެވެ.

- ކޮމެންޓް