ކ. މާލެ
|
18 މާރޗް 2023 | ހޮނިހިރު 22:40
ނާޒިމް ހަބީބު / އެސްޑީއެފްސީގެ ސީއޯއޯ
ނާޒިމް ހަބީބު / އެސްޑީއެފްސީގެ ސީއޯއޯ
އެސް.ޑީ.އެފް.ސީ
ރާއްޖޭގެ އެންމެ އުތުރާއި ދެކުނުން އެސް.ޑީ.އެފް.ސީގެ ޚިދުމަތް ލިބޭ ގޮތް ހެދުމަށް ދަނީ މަސައްްކަތްކުރަމުން: ނާޒިމް
 
ކަސްޓަމަރ ޕޯޓަލްގެ ދެވަނަ ވާޝަން ބަދަލުތަކަކާއެކު ތައާރަފްކުރަނީ

ރާއްޖޭގެ އެންމެ އުތުރާއި ދެކުނުން އެސްޑީއެފްސީގެ ހިދުމަތް ލިބޭނޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެސްޑީއެފްސީގެ ސީއޯއޯ ނާޒިމް ހަބީބު ވިދާޅުވެއްޖެއެވެ.

އެސްްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕޮރޭޝަން ނުވަތަ އެސްޑީ.އެފްސީ އަކީ ތަރައްގީގެ ކަންކަމަށް މާލީ އަދި ޓެކްނިކަލް އެހީ ފޯރު ކޮށް ދިނުމުގެ ނިޒާމެކެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ބަޔާނުގައި ވެސް ރާއްޖޭގެ އެންމެ އުތުރާއި ދެކުނުން އެސްޑީއެފްސީގެ ހިދުމަތް ލިބޭނެކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ސާވޭއެއް އެސްޑީއެފްސީއިން ހަދަމުންދާ ކަމަށާއި އެ ސާވޭތަކުން ގިނަ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ބަލަމުން މި ދަނީ ކޮން ރަށެއްގައި ކިހިނެއްތޯ އަޅުގަނޑުމެންގެ ސެޓްއަޕެއް ގާއިމުކޮށްގެން ރައްޔިތުންނަށް އެންމެ އެކަށޭނެ ހިދުމަތެއް ދެވޭނީ. އެހެންވީމަ އަޅުގަނޑުމެން އެއީ ބަލަމުންދާ ކަމެއް
ނާޒިމް ހަބީބު / އެސްޑީއެފްސީގެ ސީއޯއޯ

ނާޒިމް އިތުރަށް ވިދާޅުވީ 2019ވަނަ އަހަރު ތައާރަފްކުރި ކަސްޓަމާ ޕޯޓަލްގެ ދެވަނަ ވާޝަން އޭޕްރީލްމަހު ތައާރަފްކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެ އެޕް ތަރައްގީކޮށްފައިވަނީ ބޭރުގެ އެހެން މާލީ އިދާރާތަކުން ވެސް ހިދުމަތް ދޭ ގޮތް ބަލައި ބޭރުގެ ކާމިޔާބު ޕްރޮޖެކްޓުތަކުން ހާސިލުކޮށްފައިވާ ކަންތައްތައް ހާސިލުކުރުމަށް ޓަކައި ކަމަށެވެ. އަދި ޑިޒައިން ކޮށްފައިވާނީ ވެސް ކަސްޓަމަރުންނަށް ފަސޭހަ ވާނެ ގޮތަށް ކަމަށް ވިދާޅުވިއެވެ.

ދެވަނަ ވާޝަން ނެރޭއިރު ދިގު ރާސްތާ ޕްލޭނެއްގެ ގޮތުގައި އަޅުގަނޑުމެން ރާވައިފައި އޮތީ ކަސްޓަމަރުންނަށް އިތުރު ހިދުމަތްތައް މި ޕޯޓަލް މެދުވެރިކޮށް ދިނުން. މިއީ ކޮންމެ ކަސްޓަމަރަކަށް އަޅުގަނޑުމެން ތައްޔާރުކޮށްދޭ އަމިއްލަ ވާޗުއަލް ސްޕޭސްއެއް. ވިޔަފާރިއެއްގެ ބާވަތުން އަޅުގަނޑުމެން ބޭނުން ޕޯޓަލް އިން ފުރުސަތު ހުޅުވާލަން އަމިއްލައަށް ބައެއް ކަހަލަ ކަންތައްތަކާ ބެހޭ މައުލޫމާތު ޝޯޓް ވީޑިއޯ، ލިޓްރޭޗާ ކަސްޓަމާ ބޭސްއަށް ޓާގެޓްކޮށްގެން ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދިނުން
ނާޒިމް ހަބީބު / އެސްޑީއެފްސީގެ ސީއޯއޯ

ނާޒިމް ވިދާޅުވީ ކަސްޓަމަރުންގެ ވިޔަފާރީގެ ހިސާބުތަކާއި މުޅި އޮޕަރޭޝަން ބެލެހެއްޓުމަށް ކަސްޓަމަރުންނަށް ކުޑަ އަގެއްގައި އެ ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ބޭރުގެ ގިނަ ފަރާތްތަކަކާ ވެސް ވާހަކަ ދައްކައިފައިވާ ކަމަށާއި ނަމަވެސް އެ އަގުތަކަކީ ކަސްޓަމަރުންނަށް އެފޯޑްކުރެވޭ ވަރަށް ވުރެ ބޮޑު އަގުތަކެއް ކަމަށެވެ. އެހެން ނަމަވެސް، އިންޓާނަލީ އެ ކަންކަން ޑިވަލޮޕްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
100%
0%
0%
0%
0%
ކޮމެންޓް