Advertisement
ކ. މާލެ
|
18 މާރޗް 2023 | ހޮނިހިރު 06:51
ބައި އިލެކްޝަނެއްގައި ވޯޓުލުން ކުރިއަށްދަނީ
ބައި އިލެކްޝަނެއްގައި ވޯޓުލުން ކުރިއަށްދަނީ
އިލެކްޝަންސް ކޮމިޝަން
އދ. ދިއްދޫ ކައުންސިލްގެ ރައީސް ހޮވުން
އދ. ދިއްދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް ވޯޓުލުން ހޮނިހިރު ދުވަހު
ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8ން ފެށިގެން ހަވީރު 4 ޖަހަންދެން

އދ. ދިއްދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، ހޮނިހިރު ދުވަހު އޮންނާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުން ކުރިޔަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8ން ފެށިގެން ހަވީރު 4 ޖަހަންދެން ކަމަށެވެ. ވޯޓު ފޮށި ބަހައްޓާފައި ހުންނާނީ އދ. ދިއްދޫ ސްކޫލްގައެވެ. މާލޭގައި ދިރިއުޅޭ ދިއްދޫގެ ރައްޔިތުން ވޯޓުލުމަށް ފޮށި ބަހައްޓާފައި ހުންނާނީ މަޖީދިއްޔާ ސްކޫލުގައެވެ.

Advertisement

މިއިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 148 މީހުންނަށެވެ.

އދ. ދިއްދޫ ކައުންސިލުގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ އަމިއްލަގޮތުން ވާދަކުރާ ދެ ކެންޑިޑޭޓުންނެވެ. އެއީ ކެންޑިޭޓް ނަންބަރު އެކެއް ޣައްސާން އަބްދުﷲއާއި ކެންޑިޑޭޓް ނަންބަރު ދޭއް އަހުމަދު ޒާލިފުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް