Advertisement
ކ. މާލެ
|
15 މާރޗް 2023 | ބުދަ 13:08
އަމީނީ މަގުގައި ގާ އަތުރަނީ
އަމީނީ މަގުގައި ގާ އަތުރަނީ
ޓްވިޓަރ
އަމީނީ މަގު
އަމީނީ މަގުގައި ގާ އަތުރަނީ ވަގުތީގޮތުން، އިތުރު ޚަރަދެއް ނުކުރޭ: އާރްޑީސީ
ގާ އަތުރަނީ މަސައްކަތް ކުރަމުން ދަނީ ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން
ގާ އަތުރަނީ ވަގުތީގޮތުން
ގާ އަތުރަން އިތުރު ޚަރަދެއް ނުދޭ

އަމީނީ މަގުގެ ބައެއްގައި ގާ އަތުރަމުން ދަނީ ވަގުތީ ގޮތުން ކަމަށާއި އެ މަސައްކަތަށް އިތުރު ހޭދައެއް ނުކުރާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން އާރްޑީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ ގާ އެތުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސްޓެލްކޯ ކައިރި އޮންނަ ހަތަރު އަނގޮޅި މަގާ ދިމާލުގައި ކަމަށެވެ. އެ މަސައްކަތް ކުރިއަށް ދަނީ ސްޓެލްކޯގެ ހުޅަނގުން އޮންނަ މަގަށް އުޅަނދުތަކަށް ވަދެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ. އެތަނަކީ ސްޓެލްކޯގެ ހެވީ ވެހިކަލްތަކާއި އާއްމުންގެ ލޮރީ ފަދަ އުޅަނދުތައް ގިނަ އަދަދަކަށް ދަތުރުކުރާ މަގެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ އެ ސަރަހައްދުގައި ގުދަންތައް ގިނަ އަދަދަކަށް ހުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

އެތަނުގައި އަތުރަމުންދާ ގަލަކީ އެއީ ކުރިން މަގުން ނެގި ގާތައް ކަމަށްވުމާއެކު އެ މަސައްކަތަށް އިތުރު ޚަރަދެއް ނުހިނގާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ސަރަހައްދުގައި ގާ އަޅާފައި ބާއްވާނީ ތާރު އެޅުމުގެ މަސައްކަތް ތައްޔާރުވަންދެން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެ މަސައްކަތް ކުރަމުން ދަނީ ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށް އާރްޑީސީ އިން ވަނީ ބުނެފައެވެ.

މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ދަށުން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ޕްލޭނިން މިނިސްޓްރީ އެ މަސައްކަތް އާރްޑީސީ އާއި ހަވާލުކޮށްފައި ވަނީ 84 މިލިއަން ރުފިޔާގެ އަގަކަށެވެ. މި މަޝްރޫއުގެ ދަށުން 1.79 ކިލޯމީޓަރު (މުޅި މަގު)ގައި ތާރު އެޅުމާއި، މަގުގެ ދުވާރު ހެދުމާއި، - ބަސްހުއްޓި، ޕާކިންގ ޒޯން، ބަމްޕަރުތަކާއި މަގުބައްތި އަދި މަގުމަތީގައި ނިޝާންތައް ބެހެއްޓުން ފަދަ މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަސައްކަތް ނިމޭ އިރު އެ މަގުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ގެނައުމަށް ޕަމްޕް ބަހައްޓަން ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް