ކ. މާލެ
|
15 މާރޗް 2023 | ބުދަ 13:57
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އޭސީސީ
އޭސީސީގެ 2022ގެ އަހަރީ ރިޕޯޓު
އޭސީސީއިން ދައުލަތަށް ދެއްކުމަށް އިދާރާތަކުގައި އެދިފައިވާ ފައިސާގެ ތެރެއިން މިދިޔަ އަހަރު ލިބިފައިވަނީ 248،657.70 ރުފިޔާ
ކޮމިޝަނަށް ހުށަހަޅާފައިވާ 1585 މައްސަލަ ނުނިމޭ
އިވެލުއޭޝަން މަރުހަލާގައި ނުނިމިހުރި 485 މައްސަލަ
ތަހުގީގު މަރުހަލާގައި ނުނިމިހުރި 1100 މައްސަލަ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ދައުލަތަށް ދެއްކުމަށް އިދާރާތަކުގައި އެދިފައިވާ ފައިސާގެ ތެރެއިން 2022 ވަނަ އަހަރު ދައުލަތަށް ލިބިފައިވަނީ ދެ ލައްކަ ސާޅީސްއަށް ހާސް ހަސަތޭކަ ފަންސާސް ހަތް ރުފިޔާ ހަތްދިހަ ލާރި ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އަނބުރާ ހޯދުނު އަދަދާއި ގުޅޭގޮތުން އޭސީސީގެ 2022ގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި ކޮމިޝަނުން އިދާރާތަކުގައި އެދިފައިވާ ފައިސާގެ ތެރެއިން، އިދާރާތަކަށް ފޮނުވާފައިވާ 28 މައްސަލައެއްގައި ހިމެނޭ ޖުމްލަ 34,627,256.20 (ތިރީސް ހަތަރު މިލިއަން ހަ ލައްކަ ހަތާވީސް ހާސް ދުވިސައްތަ ފަންސާސް ހަ ރުފިޔާ ވިހި ލާރި) ހޯދުމަށް ކަމާގުޅުންހުރި އިދާރާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތް ފާއިތުވި އަހަރު ކޮމިޝަނުން ބަލާފައިވާ ކަމަށެވެ.

އެގޮތުން ބެލިބެލުމުން މި 28 މައްސަލައިގައި ހިމެނޭ ފައިސާގެ ތެރެއިން 1,369,770.47 (އެއް މިލިއަން ތިން ލައްކަ ފަސްދޮޅަސްނުވަ ހާސް ހަތްސަތޭކަ ހަތްދިހަ ރުފިޔާ ސާޅިސް ހަތްލާރި) ދައުލަތަށް އަނބުރާ ހޯދިފައިވާކަން 2022 ވަނަ އަހަރު ހެދި ފޮލޯއަޕްތަކުން ފާހަގަކުރެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ނަމަވެސް ކޮމިޝަނުން ދައުލަތަށް ދެއްކުމަށް އިދާރާތަކުގައި އެދިފައިވާ ފައިސާގެ ތެރެއިން 2022 ވަނަ އަހަރު ދައުލަތަށް ލިބިފައިވަނީ 248،657.70 ( ދެ ލައްކަ ސާޅީސްއަށް ހާސް ހަސަތޭކަ ފަންސާސް ހަތް ރުފިޔާ ހަތްދިހަ ލާރި) ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

2022 ވަނަ އަހަރު ނިމުނުއިރު ކޮމިޝަނުގައި ނުނިމިހުރި މައްސަލައިގެ ޖުމްލައަކީ 1585 އެވެ. އެއީ އިވެލުއޭޝަން މަރުހަލާގައި ނުނިމިހުރި 485 މައްސަލައާއި ތަހުގީގު މަރުހަލާގައި ނުނިމިހުރި 1100 މައްސަލައެވެ.

- ކޮމެންޓް