Advertisement
ކ. މާލެ
|
14 މާރޗް 2023 | އަންގާރަ 21:05
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އޭސީސީ
އޭސީސީ
މިދިޔަ އަހަރު އޭސީސީން ޑިއުޓީ ޕްރޮސިކިއުޝަނަށް 49 މައްސަލަ ފޮނުވި
މިއީ މިހާތަނަތަނަށް ޑިއުޓީ ޕްރޮސެކިއުޝަނަށް އެންމެ ގިނަ މައްސަލަ ހުށަހެޅި އަހަރު
ދިޔަ އަހަރު ޖުމްލަ 434 މައްސަލަ ނިންމި

ނިމިދިޔަ 2022 ވަނަ އަހަރު އޭސީސީން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަނަށް 49 މައްސަލަ ފޮނުވައިފިއެވެ.

އޭސީސީން ބުނީ ކޮމިޝަނުން ތަހުޤީގުކުރަމުންދާ މައްސަލަތަކުގެ ތެރެއިން ދައުވާކުރެވިދާނެ މައްސަލަތަކުގެ ގޮތުގަ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަނަށް ހުށައަޅާފައިވާ 49 މައްސަލައިގައި ހިމެނޭނީ 111 މީހުންނަށް ރައްދުވާ 96 ތުހުމަތު ކަމަށެވެ.

މިއީ މިހާތަނަތަނަށް އޭސީސީން ޕީޖީ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަނަށް އެންމެ ގިނައިން މައްސަލަ ހުށައެޅި އަހަރު ކަމަށް އޭސީސީން ބުނެފައިވެއެވެ.

Advertisement

2022 ވަނަ އަހަރު އޭސީސީއަށް 758 މައްސަލަ ހުށައަޅާފައިވާއިރު، ހުށަހެޅުނު މައްސަލަތައް ވަޒަންކޮށް ރަޖިސްޓަރީކުރުމަށް ކަނޑައަޅާފައިވާ މިންގަނޑަށް ބަލައި ރަޖިސްޓަރީކޮށްފައިވަނީ 486 މައްސަލަ ކަމަށް އޭސީސީން ބުނެއެވެ.

2022 ވަނަ އަހަރު އެކޮމިޝަނުގެ އިވެލުއޭޝަން މަރުހަލާގެ ޕްރިލިމަނރީ އިންވެސްޓިގޭޝަނުން 296 މައްސަލަ ނިންމާފައިވާއިރު، ތަޙުޤީޤު މަރުހަލާގައި 138 މައްސަލަ ނިންމާފައިވެއެވެ. އޭސީސީން ބުނީ އެ ކޮމިޝަނުން މިދިޔަ އަހަރު ޖުމްލަ 434 މައްސަލަ ނިންމާފައިވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް