ކ. މާލެ
|
13 މާރޗް 2023 | ހޯމަ 19:10
ސައުދީއާއި އީރާނުގެ ގުޅުންތައް އިޔާދަ ކުރުމަކީ ޗައިނާއަށް ލިބުނު ނަޞްރެއް
ސައުދީ އީރާނުގެ ގުޅުން
ސައުދީއާއި އީރާނުގެ ގުޅުންތައް އިޔާދަ ކުރުމަކީ ޗައިނާއަށް ލިބުނު ނަޞްރެއް!
 
މިއީ ވަރުގަދަ ޤައުމެއްގެ ގޮތުގައި ޗައިނާގެ ޒިންމާތައް އުފުލާ ކަމުގެ ހެއްކެއް
 
ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ، ސައުދީއާއި އީރާނުގެ ގުޅުންތައް އިޔާދަ ކުރަން ނިންމި ނިންމުމަށް މަރުޙަބާ ކިޔަމުން

ނިމިދިޔަ ހަފުތާ ބަންދުގައި މުޅި ދުނިޔެ ސިއްސުވާލި އެއް ޚަބަރަކަށް ވީ، ސައުދީ އަރަބިއްޔާއާއި އީރާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުންތައް އިޔާދަ ކުރި ޚަބަރެވެ. ގުޅުންތައް އިޔާދަ ކުރުމުގައި، މެދުވެރިއެއްގެ ދައުރު އަދާ ކުރީ، ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ޤައުމުގެ މަޤާމަށް ފައިވިއްދައިގެން އޮތް ޗައިނާއެވެ. ކަން މިހެން އޮތް އިރު، މިކަމަކީ، ޗައިނާގެ ބިނާ ކުރަނީ ޑިޕްލޮމަސީއަށް ލިބުނު ބޮޑު ނަޞްރެއް ކަމަށް، ޗައިނާގެ އިލްމުވެރިން ދަނީ ބުނަމުންނެވެ.

ނިންގްޝިއާ ޔުނިވަރސިޓީގެ ޗައިނީޒް އެކަޑަމީ އޮފް އަރަބް ސްޓަޑީޒްގެ ޑައިރެކްޓަރ، ޝީ ޝާއޯޝިއާން ވިދާޅުވާ ގޮތުގައި، ސައުދީ އަރަބިއްޔާއާއި އީރާނާ ދެމެދު، ޗައިނާ މެދުވެރިއެއްގެ ގޮތުގައި އޮވެގެން ޑިޕްލޮމެޓިކް މަޝްވަރާތައް އަލުން ފެށުމަކީ، ވަރުގަދަ ޤައުމެއްގެ ގޮތުގައި ޗައިނާގެ ޒިންމާތައް އުފުލާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މި ކަމަކީ، ޗައިނާގެ ބިނާ ކުރަނިވި ޑިޕްލޮމަސީއަށް ލިބުނު ކާމިޔާބެއް ކަމަށެވެ.

3 ޤައުމު އެކުވެގެން އާންމުކުރި ބަޔާނުގެ އުސްއަލިތަކަކީ ކޮބާ؟ ހަމަ ޔަޤީނުންވެސް އެންމެ ހާއްސަ ކަމަކީ، އެއީ 3 ޤައުމު އެކުވެގެން ނެރުނު ބަޔާނެއް ކަން. މާނައަކީ ސައުދީއާއި ޗައިނާގެ ޑިޕްލޮމެޓިކް ގުޅުންތައް އިޔާދަވުމުގެ މަޝްވަރާތައް ހިނގީ ޗައިނާގައޭ. އެކަން ޕްރޮމޯޓް ކުރީ ޗައިނާއިންނޭ. ޑައިރެކްޓަރ ވޭންގް ޔީވެސް ވިދާޅުވި ފަދައިން މީ މަޝްވަރާތަކަށް ލިބުނު ނަޞްރެއް، ސުލްހައަށް ލިބުނު ނަޞްރެއް. އޭގެ އިތުރުން، މީ ޗައިނާގެ ބިނާ ކުރަނިވި ޑިޕްލޮމަސީއަށްވެސް ލިބުނު ނަޞްރެއް. މި ބަޔާނުގެ ޚަބަރު އިވުނީމަ، ފުރަތަމަ އަހަންނަށް ލިބުނީ ހައިރާން ކަމެއް. އެކަމަކު، ޗައިނާގެ ޑިޕްލޮމަސީގެ ފުރިހަކަން ވަރަށް ބޮޑަށް ވަޒަން ކުރެވުނު. ޗައިނާގެ ޑިޕްލޮމަސީ އަދިވެސް އޮތީ ކުރިއަށްކަން އަންގައިދޭ
ލީ ޝާއޯޝިން؛ ޗައިނާގެ އިލްމުވެރިއެއް

ހުކުރު ދުވަހު ޗައިނާއިން ޢިއުލާން ކުރި ގޮތުގައި ސައުދީ އަރަބިއްޔާއާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ އެމްބަސީތައްވެސް، 2 މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުވިގެންދާނެއެވެ.

ސައުދީއާއި އީރާނުގެ ލީޑަރުންވެސް ވަނީ ޗައިނާގެ ލީޑަރުންނާއި ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ކާމިޔާބު މަޝްވަރާތަކެއް ހާސިލު ކުރުމަށްޓަކާ ޗައިނާއިން ކުރި މަސައްކަތްތަކަށް ސައުދީއާއި އީރާނުގެ ލީޑަރުން ވަނީ ތަޢުރީފުވެސް ކުރައްވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ، ސައުދީއާއި އީރާނުގެ ގުޅުންތައް އިޔާދަ ކުރަން ނިންމި ނިންމުމަށް މަރުޙަބާ ކިޔަމުންނެވެ.

ސައުދީއާއި އީރާނުގެ ގުޅުންތައް ހީނަރުވެގެން ދިއުމުގައި ސީރިއަސް ސަބަބުތަކެއް އޮތެވެ. އެގޮތުން އިސްލާމް ދީނުގެ ފިކުރުގައި ދެ ޤައުމު ގެންގުޅޭ ރަޢުޔުގައި ތަފާތުތަކެއް ހުރުމާ، އިސްލާމީ ދުނިޔޭގެ ވެރިކަން ހޯދުމަށް ދެ ޤައުމުންވެސް ބޭނުންވުމާ، ތެޔޮ އެކްސްޕޯޓް ކުރުމުގެ ސިޔާސަތުތަކުގެ އިތުރުން، އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކާ އެކު ދަމަހައްޓާ ގުޅުންތަކާ ބެހޭ މައްސަލަތައް ފަދަ އެތައް ކަމެއް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
100%
0%
0%
0%
ކޮމެންޓް