ކ. މާލެ
|
13 މާރޗް 2023 | ހޯމަ 15:35
ރާއްޖޭގެ ފަރާތުން އެމްއެމްޕީއާރުސީން އެވޯޑާ ހަވާލުވުން
ރާއްޖޭގެ ފަރާތުން އެމްއެމްޕީއާރުސީން އެވޯޑާ ހަވާލުވުން
އެމްއެމްޕީއާރްސީ
އައިޓީބީ ބާލިން
އައިޓީބީ ފެއާގައި ބެހެއްޓި ރާއްޖޭގެ ސްޓޭންޑަށް ޚާއްސަ އެވޯޑެއް!
ރާއްޖޭގެ ސްޓޭންޑަށް ލިބިފައިވަނީ "ބެސްޓް އެގްޒިބިޓަރ އެވޯޑް"

ނިމިދިޔަ އައިޓީބީ ބާލިން 2023 ފެއާގައި ބެހެއްޓި ދިވެހިރާއްޖޭގެ ސްޓޭންޑަށް ޚާއްސަ އެވޯޑެއް ލިބިއްޖެއެވެ.

މި ފެއާގެ ތެރެއިން ރާއްޖޭގެ ސްޓޭންޑަށް ލިބިފައިވަނީ "ބެސްޓް އެގްޒިބިޓަރ އެވޯޑް"އެވެ. މި އެވޯޑު ލިބިފައިވަނީ އޭޝިއާ/ އޮސްޓްރޭލިއާ/ އޯޝޭނިއާ ކެޓެގަރީންނެވެ.

މި ފެއާގައި ރާއްޖޭގެ ސްޓޭންޑުން ޚާއްސަ ކަންތައްތަކެއް ވަނީ ދައްކުވައިދީފައެވެ. ރާއްޖޭގެ މެހެމާންދާރީއާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެންހުންނަ ޚިދުމަތްތަކާއި، ފަތުރުވެރިންނަށް ތަޖުރިބާ ކުރެވޭނެ ކަންކަން ވަނީ ދައްކުވައިދީފައެވެ.

މި އެވޯޑާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ޓީމުން ވަނީ ހަވާލުވެފައެވެ. މި ޓީމުގައި އިސްކޮށް ހުންނެވީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދެވެ.

- ކޮމެންޓް