ކ. މާލެ
|
4 ޖުލައި 2017 | އަންގާރަ 05:09
ސައޫދީ ރަސްގެފާން: އިތުރު މުހުލަތެއް ވަނީ ގަތަރަށް ދެއްވާފައި
ސައޫދީ ރަސްގެފާން: އިތުރު މުހުލަތެއް ވަނީ ގަތަރަށް ދެއްވާފައި
އޭއެފްޕީ
ގަތަރު މައްސަލަ
ގަތަރަށް އިތުރު 48 ގަޑިއިރުގެ މުހުލަތު ދީފި
ގަތަރަށް ވަނީ 13 ޝަރުތެއް ހުށަހަޅާފައި

ގަތަރަށް ކުރިމަތިކުރި 13 ޝަރުތު ގަބޫލް ކުރަން ދިން މުހުލަތު އާދީއްތަ ދުވަހު ހަމަވެފައިވަނިކޮށް އިތުރު 48 ގަޑިއިރު ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އިތުރު ތިން ގައުމުން ދީފި އެވެ.

ގަތަރުން ބުނެފައި ވަނީ ރަސްމީ ޖަވާބު މިއަދު ކުވޭތަށް ހަވާލު ކުރާނެ ކަމަށެވެ. ގަތަރު އަމީރުގެ ސިޓީ ހިއްޕަވައިގެން ސްޓޭޓު މިނިސްޓާ ފޯ ފޮރިން އެފެއާޒް މިއަދު ހެނދުނު ކުވޭތަށް ވަޑައިގަންނަވާނެ އެވެ. ގަތަރު މައްސަލައިގައި މެދުވެރިއެއްގެ ރޯލު އެންމެ ބޮޑަށް އަދާކުރަނީ ކުވޭތުންނެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު މުހައްމަދު ބިން އަބްދުއްރަހުމާން ބިން ޖާސިމް އަލް ސާނީ އިއްޔެ ވަނީ ގަތަރަށް ކުރި ޑިމާންޑްތައް ގަބޫލް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރަނގަޅު ހާލަތުގައި މަޝްވަރާ ކުރަން ތައްޔާރު ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ބަހުރޭނުން ވަނީ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ގަތަރަށް އެޅި ފިޔަވަޅުތައް އުވާލުމާ ބެހޭ ގޮތުން ހަތަރު ގައުމުން މިދިޔަ މަހު 23 ވަނަ ދުވަހު 13 ޝަރުތެއް ހުށަހަޅައިފަ އެވެ. އަދި 10 ދުވަހުގެ މުހުލަތު ވަނީ ދީފަ އެވެ. ތޭރަ ޝަރުތުގެ ތެރޭގައި އަލް ޖަޒީރާ ނެޓްވޯކް ބަންދުކުރުމާއި އީރާނާ ގުޅުން ބަދަހި ނުކުރުމާ އަދި ތުރުކީގެ އަސްކަރީ މަރުކަޒު ބަންދު ކުރުން ހިމެނެ އެވެ. ޝަރުތުތަކުގެ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.

ގަތަރާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުން އެ ގައުމުގެ 2.7 މިލިއަން މީހުންނަށް ގެއްލުންތައް ލިބެން ފެށުމުން އީރާނާއި ތުރުކީން ވަނީ ކާނާ އާއި އެހެނިހެން އަސާސީ ތަކެތި ގަތަރަށް ފޮނުވަން ފަށައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް