ކ. މާލެ
|
12 މާރޗް 2023 | އާދީއްތަ 08:01
ހުރަވީ ބިލްޑިންގް ޕާކިން ޒޯން
ހުރަވީ ބިލްޑިންގް ޕާކިން ޒޯން
ހުރަވީ ބިލްޑިންގ
ހުރަވީ ބިލްޑިން ޕާކިން ޒޯނުގެ ދެ ކާރު ޒޯނު ރައީސް އޮފީހަށް ހާއްސަކޮށްފި
ހުރަވީ ބިލްޑިންގް ތަޅައިލާ ޕާކިން ޒޯނެއް ހެދީ މިދިޔަ އަހަރު

ހުރަވީ ބިލްޑިންގ ކުރިން ހުރިތަނުގައި ހަދައިފައިވާ ޕާކިން ޒޯނުތަކުގެ ތެރެއިން ދެ ކާރު ޒޯނު ރައީސް އޮފީހަށް ހާއްސަކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ ރައީސް އޮފީހުގެ އެދުމަކަށް ހުރަވީ ބިލްޑިންގް ޕާކިން ޒޯނުގެ ދެ ކާރު ޒޯނެއް އެ އޮފީހަށް ހާއްސަކުރެވިފައިވާ ކަމަށެވެ. ރައީސް އޮފީހަށް ހާއްސަކޮށްފައިވަނީ އަމީރު އަހްމަދު މަގުން ރައީސް އޮފީހުގެ ސީދާ ކުރިމައްޗަށް ވާ ގޮތަށް އޮތް ދެ ޒޯނެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުންދިޔަ ހުރަވީ ބިލްޑިންގ ބާވެ ހަލާކުވަމުންދާތީ އެ އިމާރާތް ތަޅައިލީ މިދިޔަ އަހަރުއެވެ. އަދި އެއަށްފަހު އެ ތަނުގައި ޕާކިން ޒޯނެއް ހެދި އިރު އެ ޕާކިން ޒޯނުގައި 226 ސައިކަލު ޕާކް ކުރެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް