ކ. މާލެ
|
11 މާރޗް 2023 | ހޮނިހިރު 15:09
ކ އަތޮޅު މަދަރުސާ
ކ އަތޮޅު މަދަރުސާ
އެޑިއުކޭޝަން މިނިސްޓްރީ
ޕްރިންސިޕަލުން ތަމްރީންކުރުމުގެ ކޯސް
ޕްރިންސިޕަލުން ފެންވަރު ރަނގަޅު ބަޔަކަށް ހެދުމަށް ކުރާ މަސައްކަތް ކާމިޔާބު: އެޑިއުކޭޝަން މިނިސްޓްރީ
 
ކޯސް ފުރިހަމަ ކުރުމަށްފަހުވެސް، ކޮންމެ ޕްރިންސިޕަލަކާއެކު މެންޓަރއެއް މަސައްކަތްކުރައްވާނެ

ޕްރިންސިޕަލުން ފެންވަރު ރަނގަޅު ބަޔަކަށް ހެދުމަށް ކުރާ މަސައްކަތް ކާމިޔާބުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ މިނިސްޓްރީން މަސައްކަތް ކުރަނީ ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް ކަމަށާއި، އެކަންތައްތައް ކާމިޔާބު ކުރުމަށް ތިބޭނީ ސްކޫލުތަކުގެ ޕްރިންސިޕަލުން ކަމަށެވެ. ޕްރިންސިޕަލުން ތަމްރީންކުރުމުގެ ކޯސް ކުރިއަށް ދިޔައިރުވެސް ވަރަށް ރަނގަޅުކަންތައްތައް ފާހަގަކުރި ކަމަށާއި، ހުރިހާ ޕްރިންސިޕަލުން ވެސް ފާސްވެފައިވަނީ އެންމެ މަތީ ދަރަޖައިން ކަމަށެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު ވެސް ކޮންމެ ޕްރިންސިޕަލަކާއެކު މެންޓަރއެއް މަސައްކަތް ކުރައްވާނެ ކަމަށާއި، އަމާޒަކީ ފެންވަރު ރަނގަޅު، ނަމޫނާ ޕްރިންސިޕަލުންނަށް ބިނާކުރުން ކަމަށް ވިދާޅުވިއެވެ.

ޕްރިންސިޕަލުން ތަމްރީންކުރުމުގެ މި ސްކޮލާރޝިޕް ޕްރޮގްރާމަކީ ސަރުކާރުގެ ޚަރަދުގައި ހިންގާ ޕްރޮގްރާމެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ޕްރިންސިޕަލުން ތަމްރީންކުރުމުގެ ސްކޮލާރޝިޕް ޕްރޮގްރާމް ލޯންޗުކޮށް، ފުރަތަމަ ބެޗަށް ހޮވުނު 18 ޕްރިންސިޕަލުންނަށް ލިޔުން ހަވާލުކުރީ މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ. އަދި މެލޭޝިއާއަށް ތަމްރީނަށް ފުރާފައިވަނީވެސް ހަމަ އެމަހުގެ ތެރޭގައެވެ. އެހެންނަމަވެސް މި ސްކޮލާރޝިފް ފުރިހަމަކުރީ 17 ޕްރިންސިޕަލުންނެވެ.

ޕްރިންސިޕަލުންގެ ސްކޮލާރޝިޕް އެވޯޑްކުރި ފުރަތަމަ ބެޗު ތަމްރީން ފުރިހަމަކޮށްފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ޔުނިވަރސިޓީ އޮފް މަލާޔާއިންނެވެ. ފުރިހަމަކޮށްފައިވަނީ މާސްޓަރސް އޮފް އެޑިއުކޭޝަނަލް މެނޭޖްމަންޓް ކޯހެވެ.

ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރީންކުރުމަށް ހިންގާ ސްކޮލާރޝިޕް މި ޕްރޮގްރާމަކީ ރޭވުންތެރިކަމާއި އަދި ދެމެހެއްޓެނިވިގޮތެއްގައި، ގާބިލު ޕްރިންސިޕަލުން އުފެއްދުމަށް އެޑިއުކޭޝަން މިނިސްޓްރީން ތައާރަފުކުރި ޕްރޮގްރާމެެކެވެ. 3 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަށް ހުރިހާ ޚަރަދެއް ކުރާނީ ސަރުކާރުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި