ކ. މާލެ
|
11 މާރޗް 2023 | ހޮނިހިރު 09:36
އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ ތެރެއިން
އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ ތެރެއިން
ހޭންޑް ބޯލް މޯލްޑިވްސް
އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތް
17 އަހަރުން ދަށުގެ ފައިނަލްގައި އިސްކަންދަރާއި ޖަމާލުއްދީން
ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި އޮތީ ހޮނިހިރު ދުވަހު

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ފިރިހެން ފައިނަލުން އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލް ޖާގަ ހޯދައިފި އެވެ.

އިސްކަންދަރު ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އަމީނިއްޔާ ސްކޫލް ބަލިކޮށްގެންނެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިސްކަންދަރުން އަމީނިއްޔާގެ މައްޗަށް ކުރި ހޯދީ 22-17 އިންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެެއް ފެނުނު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިސްކަންދަރުގެ ސައްޔިދު ސަލާހުއްދީން އެވެ. އިސްކަންދަރާ ދެކޮޅަށް ނިކުންނަން ފައިނަލްގެ ފަހު ޖާގަ ޖަމާލުއްދީން ސްކޫލް އިން ހޯދީ ސެމީ ގައި ޣާޒީ ސްކޫލް ބަލިކޮށްގެންނެވެ. ޣާޒީގެ މައްޗަށް ޖަމާލުއްދީނުން ކުރި ހޯދީ 23-14 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖަމާލުއްދީންގެ ޒައިދު މުޙައްމަދު ތައުފީޤު އެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި އޮތީ ހޮނިހިރު ދުވަހު އެވެ.

- ކޮމެންޓް