ކ. މާލެ
|
3 ޖުލައި 2017 | ހޯމަ 22:58
މައުމޫން އަބްދުލް ގައްޔޫމް
މައުމޫން އަބްދުލް ގައްޔޫމް
މުހައްމަދު ޝަރުހާން
މަސީހުގެ އިތުބާރުގެ މައްސަލަ
ސޮއި ނުކުރައްވާ ކަމަށް މެމްބަރު ވިދާޅުވީ އަތުވެދާނެ ނުރައްކަލަކަށް ބިރުން: މައުމޫން
ބޭނުންވަނީ ބިރުވެރިކަމެއް ނޫން، މިނިވަން ކަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވުމަށްފަހު ސޮއި ނުކުރައްވާކަމަށް މެމްބަރަކު ވިދާޅުވީ އަތުވެދާނެ ނުރައްކަލަކަށް ބިރުންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެއީ ކޮން މެމްބަރެއްކަން ރައީސް މައުމޫނު ވިދާޅުނުވި ނަމަވެސް، އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ހިމެނޭ މެމްބަރުންގެ ތެރެއިން އެ މައްސަލައިގައި ސޮއި ނުކުރައްވާ ކަމަށް ވިދާޅުވެފައިވަނީ އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދެވެ. 

ކުނޫޒުގައި ހޯމަދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މެމްބަރަކު ސޮއިކުރެއްވުމަށްފަހު ސޮއި ނުކުރާކަމަށް ވިދާޅުވާން މަޖުބޫރުވީކަމަށެވެ. ބިރުވެރިކަމަކީ ބޭނުންވާގޮތެއް ނޫންކަމަށާއި ބޭނުންވަނީ މިނިވަންކަންކަމަށް މައުމޫން ވިދާޅުވިއެވެ.

"މި ބިރުވެރިކަމަކީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން އަޅުގަނޑުމެން ބޭނުންވަނީ މިނިވަންކަން،" ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ކޮންމެ ފިކުރެއްގެ މީހަކަށްވިއަސް މިނިވަންކަމާއެކު މުޖުތަމައުތެރޭގައި އުޅެވެންޖެހޭނެ ކަމަށާއި މަޖުބޫރު ކަމެއް ކުރުވިޔަދީގެން ނުވާނެ ކަމަށެވެ. ހާއްސަކޮށް މަޖިލީހުގެ މެމްބަރުންނަށް މިފަދަ ބިރުވެރިކަމެއް ކުރިމަތިވެގެން ނުވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ޕީޕީއެމްގެ 11 މެމްބަރަކު ސޮއި ކުރައްވާފައިވާއިރު، އެ ބޭފުޅުންގެ ތެރޭގައި އަހްމަދު ރަޝީދުގެ ސޮއި ވެސް ހިމެނެ އެވެ. އެ ސޮޔަކީ ފޭކް ސޮއެއް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނު ޓްވީޓް ކުރެއްވުމާއެކު، މަސީހާ ދެކޮޅަށް އަހްމަދު ރަޝީދު ސޮއިކުރައްވާ ފޮޓޯ ވަނީ ލީކްވެފަ އެވެ.

 

އަހްމަދު ރަޝިދުގެ ސޮއިގެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

- ކޮމެންޓް
4 ޖުލައި 2017 | އަންގާރަ 12:55
އިލްހާމް
ބިރުވެރިކަމާ ކުރިމަތިވެއްޖެ. ފުލުހަށް މައްސަލަ ހުށަހަޅުއްވައިފި.