ކ. މާލެ
|
9 މާރޗް 2023 | ބުރާސްފަތި 07:20
އައްޑޫ ސިޓީ ހިތަދޫ
އައްޑޫ ސިޓީ ހިތަދޫ
މުހައްމަދު ޝަރުހާން
ހިތަދޫގައި 200 ހައުސިންގ ޔުނިޓް އަޅަނީ
އައްޑޫ ސިޓީ ހިތަދޫގައި 200 ހައުސިންގ ޔުނިޓު އަޅާނެ ބަޔަކު ހޯދަނީ
ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/1,100,000ރ (އެއްމިލިއަން އެއްލައްކަ ރުފިޔާ) ހުށަހަޅަން ޖެހޭނެ
ބިޑުތައް ހުޅުވުން އޮންނާނީ 5 އެޕްރީލް ވާ ބުދަ ދުވަހު

ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ސިޓީ ހިތަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ހިތަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމަށް އެންމެ ފުރަތަމަ އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ މަރޗް މަހުގެ 24 ވަނަ ދުވަހުއެވެ. އެއިއުލާން ބާތިލުކޮށް ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ އެ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާޠިލްކޮށް މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާކަމަށެވެ.

މި ބީލަން ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު"ގެ ދަށުންކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. 

މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 9 މާރިޗު އިން 3އެޕްރީލް އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 (ރަމަޟާން މަހު: 09:30 އިން 13:00) އަށް އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރިކޮށެވެ.

ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/1,100,000ރ (އެއްމިލިއަން އެއްލައްކަ ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ބިޑުތައް ހުޅުވުން އޮންނާނީ 5 އެޕްރީލް ވާ ބުދަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

- ކޮމެންޓް