ކ. މާލެ
|
9 މާރޗް 2023 | ބުރާސްފަތި 07:57
އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ ތެރެއިން
އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ ތެރެއިން
ހޭންޑް ބޯލް މޯލްޑިވްސް
އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތް
15 އަހަރުން ދަށުގެ ސެމީ ފައިނަލުގައި ދަރުމަވަންތަ، އަމީނިއްޔާ، ޖަމާލުއްދީން އަދި ކަލާފާނު
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ދަރުމަވަންތަ ނުކުންނަން ޖެހޭނީ އަމީނިއްޔާއާ ދެކޮޅަށް، ފަހު ސެމީގައި ޖަމާލުއްދީން ނުކުންނާނީ ކަލާފާނާ ދެކޮށް

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ ފިރިހެން 15 އަހަރުން ދަށުގެ ސެމީ ފައިނަލްގައި ވާދަކުރާ ޓީމުތައް ޔަޤީންވެއްޖެ އެވެ.

މިބައިގެ ސެމީގައި ވާދަކުރާނެ ހަތަރު ޓީމަކީ ދަރުމަވަންތަ ސްކޫލް، އަމީނިއްޔާ ސްކޫލް، ޖަމާލުއްދީން ސްކޫލް އަދި ކަލާފާނު ސްކޫލް އެވެ. ސެމީ ފައިނަލުން ދަރުމަވަންތަ ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ތާޖުއްދީން ސްކޫލް ބަލިކޮށްގެންނެވެ. ދަރުމަވަންތަ އިން މެޗު ކާމިޔާބު ކުރީ 11-9 އިންނެވެ. ވާދަވެރި ކުޅުމެއް ފެނުނު މެޗުގެ މޮޅު ކުޅުންތެރިޔަކީ ދަރުމަވަންތައިގެ މުޙައްމަދު ޝަރާހު ޝަރުހަބީލް އެވެ. ދެ ވަނަ ކުއާޓާގައި އަމީނިއްޔާ އިން ވަނީ 18-10 އިން އިސްކަންދަރު ބަލިކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަމީނިއްޔާގެ އަލީ އިހްސާން އެވެ.

ތިން ވަނަ ކުއާޓާގައި ޖަމާލުއްދީނުން މަޖީދިއްޔާގެ މައްޗަށް ކުރި ހޯދާފައި ވަނީ 16-7 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖަމާލުއްދީންގެ އަލްހާން ފައިސަލް އަމީން އެވެ. ފަހު ކުއާޓާ މެޗުގައި ކަލާފާނުން ވަނީ 12-9 އިން ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ބަލިކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަަކަށް ހޮވުނީ ކަލާފާނުގެ ބިންޔާމީން އާމިރު އެވެ.

މިބައިގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ދަރުމަވަންތަ ނުކުންނަން ޖެހޭނީ އަމީނިއްޔާއާ ދެކޮޅަށެވެ. ފަހު ސެމީގައި ޖަމާލުއްދީން ނުކުންނާނީ ކަލާފާނާ ދެކޮށެވެ. ސެމީ މެޗުތައް ކުޅުމަށް ހަމަޖެހައިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް