Advertisement
ކ. މާލެ
|
7 މާރޗް 2023 | އަންގާރަ 18:48
އާގަލާ ބޯޓުގައި ރޯވި ހާދިސާ
އާގަލާ ބޯޓުގައި ރޯވި ހާދިސާ
އެމްއެންޑީއެފް
އާގަލާ ބޯޓުން ގެއްލުނު މީހާ
އާގަލާ ބޯޓުން ގެއްލުނު މީހާ ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ!
ހޯމަ ދުވަހު 332.35 ކިލޯ މީޓަރުގެ ސަރަހައްދެއް، ކަނޑާއި ވައިގެ މަގުން ވަނީ ބަލާފައި

މިދިޔަ އާދީއްތަ ދުވަހުގެ ރޭ އަލިފާން ރޯވެ، އަޑިއަށްދިޔަ "އާގަލާ" ބޯޓުން ގެއްލުނު މީހާ ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފައިވާކަމަށް, މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯން (އެމްއެންޑީއެފް)އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އާގަލާ ބޯޓުން ގެއްލިފައިވާ ފަޅުވެރިޔާ ހޯދުމަށް ހޯމަ ދުވަހު 332.35 ކިލޯ މީޓަރުގެ ސަރަހައްދެއް, ކަނޑާއި ވައިގެ މަގުން ބަލާފައިވާކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި މިހާރުވެސް ކުރިއަށްދާކަމަށް ބުންޏެވެ.

މާލެ ދަތުކުރަމުންދިޔަ ބޯޓެއްގައި އަލިފާން ރޯވެ، އެކަކު ގެއްލިގެން ހޯދަން ފަށާފައިވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ހޯދަމުން ދަނީ އިންޑިއާގެ ރައްޔިތެއް ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement

އެމްއެންޑީއެފުން ބުނީ، ބޯޓުގައި ރޯވުމާއެކު އޭގައި ތިބި އެންމެން ކަނޑަށް ފުންމާލާފައިވާކަމަށެވެ. އޭރު އެ ބޯޓުގައި 15 މީހުން ތިބި ކަމަށާއި، އޭގެތެރޭގައި 5 ދިވެހިންނާއި އިންޑިއާ 5 މީހަކާއި ބަންގްލަދޭޝްގެ 5 މީހުން ހިމެނޭކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓުން ގެއްލުނު މީހުން ހޯދުމަށް ސެންޓްރަލް އެރިއާގެ ސިފައިން ކުރި މަސައްކަތުން، ކަނޑުވި މީހުންގެ ތެރެއިން 14 މީހަކު ފެނިފައިވާކަމަށެވެ. ކަނޑުވި މީހުން ހޯދައި އެމީހުން ސަލާމަތްކޮށްފައިވަނީ އާދީއްތަ ދުވަހުގެ ރޭ ފަތިހު 4 ޖެހި ފަހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް