ކުރީގެ ނައިބް ރައީސް އަޙުމަދު އަދީބު ޖަލުގައި އޮންނަވާ ޖޮޅީގެ ފޮޓޯއެއް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަޙްލޫފު ޓުވީޓު ކުރައްވައިފިއެވެ.
Kureege Naib Raees Adheeb Dhoonidhooga baavaafa onna nikamethi haalu. Maraalafaanekamah kanboduvey @maryam_nashwa @moosaanvar @MoosesSiraj pic.twitter.com/8LFyZyU9le
— Ahmed Mahloof (@AhmedMahloof) July 3, 2017
މި ޓްވީޓްގައި މަޙްލޫފު ވިދާޅުވީ ކުރީގެ ނައިބް ރައީސް އަދީބު ދޫނިދޫގައި ބާއްވާފައި އޮންނަ ނިކަމެތި ހާލު ފެންނަން އޮތް ކަމަށާއި އަދީބު މަރާލަފާނެ ކަމާއި މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
މި ފޮޓޯއިން ފެންނަ ގޮތުގައި އަދީބުކަމަށް ސިފަކުރެވޭ މީހަކު ޖަލުގެ ގޮޅިއެއްގެ ތެރޭގައި އޮންނަ މަންޒަރު ފެންނައިރު އެގޮޅިއަކީ ކުޑަ ކުޑަ ގޮޅިއެއްކަން ސިފަވެގެންދެއެވެ.
މަޚްލޫފު މީގެ ކުރިން ވިދާޅުވީ އަދީބު ޖަލުގައި ބަހައްޓައިގެން ޒަހަރު ކަހަލަ އެއްޗެއް ދީގެން ސިއްހީ ހާލަތު ގޯސްކޮށް މަރާލަފާނެކަމުގެ ކަންބޮޑުވުން އެބަ އޮތްކަމަށެވެ. އަދީބުގެ އާއިލާގެ ބޭފުޅުންނާއި އޭނާ ބައްދަލުކުރެއްވި ކަމަށާއި އަދީބުގެ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް މަހުލޫފު ވިދާޅުވެފައިވެއެވެ.
ސަރުކާރުން އަދީބުގެ ބޭސްފަރުވާއަށް، ރާއްޖެއިން ބޭރަށް މިހާރު ނުފޮނުއްވި ކަމުގައިވިއަސް 2018 ގެ ރިޔާސީ އިންތިޚާބަށް ފަހު ފޮނުއްވާނެކަމަށް ގަބޫލު ކުރެވޭކަމަށް މަޚްލޫފު ވިދާޅުވިއެވެ.
ޖަލުގައި އަދީބާއި މަޚްލޫފާއި ދެމެދު ވާހަކަތައް ދެކެވިފައިވާ ކަމަށާއި އަދީބު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީ އަކީ ޖަލުތެރޭގައި ދެކެވުނު ވާހަކައިގެ ތެރެއިން އެއް ވާހަކަ ކަމަށްވެސް މަޚްލޫފު ވަނީ ވިދާޅުވެފައެވެ.