Advertisement
ކ. މާލެ
|
6 މާރޗް 2023 | ހޯމަ 09:00
ރޯވި އާގަލާ ބޯޓް
ރޯވި އާގަލާ ބޯޓް
އެމްއެންޑީއެފް
ބޯޓެއްގައި ރޯވުން
އަލިފާން ރޯވި "އާގަލާ" ބޯޓު އަޑިއަށް ހިނގައްޖެ
ކަނޑުވި މީހުން ހޯދާ އެމީހުން ނަގާފައިވަނީ ރޭ ފަތިހު 4 ޖެހި ފަހުން
ބޯޓެއްގައި އަލިފާން ރޯވެ އެކަކު ގެއްލިގެން ހޯދަން ފަށާފައިވާ ކަން އެމްއެންޑީއެފް އިން ހާމަކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ
ރޯވެ ލިބުނު ގެއްލުމުގެ ސަބަބުން ބޯޓު އަޑިއަށް ގޮސްފައި ވަނީ ހޯމަ ދުވަހުގެ 08:20ގައި

އަލިފާން ރޯވި "އާގަލާ" ބޯޓު އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓުގައި ރޯވެ ލިބުނު ގެއްލުމުގެ ސަބަބުން ބޯޓު އަޑިއަށް ގޮސްފައި ވަނީ ހޯމަ ދުވަހުގެ 08:20ގައި ކަމަށެވެ.

މާލެ ދަތުކުރަމުންދިޔަ ބޯޓެއްގައި އަލިފާން ރޯވެ އެކަކު ގެއްލިގެން ހޯދަން ފަށާފައިވާ ކަން އެމްއެންޑީއެފް އިން ހާމަކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އެމްއެެންޑީއެފް އިން ބުނީ ރޭ ދަންވަރު ހިނގި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ "އާގަލާ" ބޯޓުގައި ކަމަށާއި އެ ބޯޓްގައި އަލިފާން ރޯވުމާ އެކު އޭގައި ތިބި އެންމެން ކަނޑަށް ފުންމާލާފައިވާ ކަމަށެވެ.

Advertisement

އޭރު އެ ބޯޓުގައި 15 މީހުން ތިބި ކަމަށާއި އެގެތެރޭގައި 5 ދިވެހިންނާއި އިންޑިއާ 5 މީހަކާއި ބަންގްލަދޭޝްގެ 5 މީހުން ހިމެނޭ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓު ހޯދުމުގެ މަސައްކަތް ސެންޓަރަލް އެރިއާގެ ސިފައިން ކުރަމުން ދަނިކޮށް ކަނޑުވި މީހުންގެ ތެރެއިން 14 މީހަކު ފެނިފައިވާކަމަށެވެ. އަދި މިހާތަނަށް ނުފެނި ގެއްލިގެން ހޯދަމުން އަންނަނީ އިންޑިއާ މީހެއްކަމަށާއި އެމީހާ އަދިވެސް ފެނިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި އެ ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގައިގެން އެކަން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 02:47 އެހާކަންހާއިރުއެވެ.

ކަނޑުވި މީހުން ހޯދާ އެމީހުން ނަގާފައިވަނީ ރޭ ފަތިހު 4 ޖެހި ފަހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް