Advertisement
ކ. މާލެ
|
6 މާރޗް 2023 | ހޯމަ 07:12
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު
ރައީސް އޮފީސް
ރައީސް ޤަތަރަށް ކުރައްވާ ދަތުރުފުޅު
ރައީސް، ޓިމޯރ-ލެސްޓޭގެ ރައީސާ ބައްދަލުކުރައްވައިފި
ދެޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެބޭފުޅުންވެސް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ޓިމޯރ-ލެސްޓޭގެ ރައީސް ޑރ. ހޯސޭ ރާމޯސް-ހޯރޓާއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން ބާއްވާފައިވަނީ މިހާރު ކުރިއަށްދާ އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގެ ތެރެއިންނެވެ.

Advertisement

އާދީއްތަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ރައީސް ޞާލިހު އާއި ޓިމޯރ-ލެސްޓޭގެ ރައީސް ވަނީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި، އެއް އަމާޒެއް ހާސިލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި ދެ ޤައުމުގެ ލީޑަރުން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް އާއި ޓިމޯރ-ލެސްޓޭގެ ރައީސް ވަނީ ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އަރުއްވާފައެވެ. އަދި، ދެޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެބޭފުޅުންވެސް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ވެސް އެރުއްވެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް