ކ. މާލެ
|
5 މާރޗް 2023 | އާދީއްތަ 09:38
ޖަރުމަނު ލީގުގައި ބަޔާނުން ކުޅުނު މެޗުގެ ތެރެއިން
ޖަރުމަނު ލީގުގައި ބަޔާނުން ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާރސް
ޖަރުމަނު ލީގު
ސްޓަޓްގާޓް ބަލިކޮށް ފައިދާ ލަނޑުން ބަޔާން އެއް ވަނައިގައި
ބަޔާން އާއި ޑޯޓްމަންޑަށް ވެސް ލިބެނީ 23 މެޗުން 49 ޕޮއިންޓު

ޖަރުމަނު ލީގުގައި ސްޓަޓްގާޓާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އެއް ވަނަ އަށް ޖެހިލައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ސްޓަޓްގާޓްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުތްއިރު، ބަޔާން އޮތީ ދެ ވަނައިގަ އެވެ. އެ މެޗުން މޮޅުވެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތުގައި ބަޔާނުން ސްޓަޓްގާޓް ބަލިކުރީ 2-1 އިންނެވެ. އެއާއެކު އެއް ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން ހަމަކޮށް، ބަޔާނަށް އެއް ވަނަ ލިބެނީ ފައިދާ ލަނޑުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ބަޔާނުންނެވެ. މެޗުގެ 39 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބަޔާނަށް ލީޑު ނަގައިދިނީ މެތިއަސް ޑި ލީޓް އެވެ. ބަޔާންގެ ދެ ވަނަ ލަނޑު ފެނުނީ ދެ ވަނަ ހާފުގެ ކުރީ ކޮޅު އެވެ. ދެ ވަނަ ހާފުގެ 62 ވަނަ މިނެޓުގައި ތޯމަސް މުލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބަޔާނަށް ލީޑު ފުޅާކޮށްދިނީ ޗުޕޯ މޯޓިން އެވެ. މެޗުގައި ސްޓަޓްގާޓުގެ ހަމައެކަނި ލަނޑު ޖެހީ 88 ވަނަ މިނެޓުގައި ހޯސޭ ޕެރޭއާ އެވެ.

މެޗުން މޮޅުވެ ބަޔާނަށް ލިބެނީ ކުޅުނު 23 މެޗުން 49 ޕޮއިންޓެވެ. ޑޯޓްމަންޑަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބޭއިރު، ބަޔާނުން ކުރި ހޯދަނީ ފައިދާ ލަނޑުންނެވެ.

- ކޮމެންޓް