Advertisement
ކ. މާލެ
|
3 ޖުލައި 2017 | ހޯމަ 14:23
އަހުމަދު ރަޝީދު
އަހުމަދު ރަޝީދު
ޕީޕަލް މެގަޒިން
މަސީހުގެ އިތުބާރުގެ މައްސަލަ
އަހްމަދު ރަޝީދުގެ ނަމުގައި ސޮއި ކުރިކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އެދިއްޖެ
އަހްމަދު ރަޝީދު ސޮއިކުރައްވާ ފޮޓޯ ވަނީ ދައުރުވެފައި

އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދުގެ ނަމުގައި ކޮށްފައިވަނީ ވަގު ސޮޔެއް ކަމަށް ވިދާޅުވެ އެ މައްސަލަ ބަލައިދިނުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ކިބައިން އޭނާ އެދިވަޑައިގެންފިއެވެ. 

އަހުމަދު ރަޝީދު ވަނީ އެ މައްސަލަ ބަލައި އެކަން ކޮށްފައިވާ ފަރާތްތަކާ މެދު ގާނޫނާ ގަވައިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގެންފައެވެ. އަހުމަދު ރަޝީދު މަސީހަށް ފޮނުއްވާފައިވާ ސިޓީ މެޖޯރިޓީ ލީޑަރ ވަނީ ޓްވީޓް ކުރައްވާފައެވެ.


ވިލިމާލެ ދާއިރާގެ މެމްބަރު  އަހުމަދު ނިހާން ހުސައިން މަނިކު ކޮށްފައިވާ އެހެން ޓްވީޓުގައި ވެސް ވަނީ ރަޝީދު ސޮއިކޮށްފައި ނުވާނެކަމަށާއި އެމައްސަލަ ބަލައިދިނުމަށް ވިދާޅުވާ ވީޑިއޯ ކޮޅެއް ޓްވީޓް ކުރައްވާފައެވެ. އެ ވީޑިއޯގައި މަސީހުގެ މައްސަލައިގައި ސޮއި ނުކުރައްވާ ކަމަށް އަހްމަދު ރަޝީދު ވިދާޅުވެ އެވެ. 

މަސީހުގެ އިތުބާރު ނެތްކަމުގެ ސޮއި ކުރައްވާފައިވާ 45 މެމްބަރުންގެ ތެރޭގައި ރަޝީދު ސޮއި ކުރެއްވި ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް