ކ. މާލެ
|
5 މާރޗް 2023 | އާދީއްތަ 07:08
ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކުރުން
ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކުރުން
އެންވަރަންމަންޓް މިނިސްޓްރީ
ކުނި މެނޭޖުކުރުން
ފުވައްމުލަކުގައި ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރަނީ
2 ދުވަހުގެ މުއްދަތައް ޓްރެއިން އޮފް ދަ ޓްރެއިނަރ ސެޝަނެއް ހިންގާނެ
ފުވައްމުލަކުގެ ގޭބީސީތަކަށް ދޮރުން ދޮރަށް މައުލޫމާތު ދިނުން ކުރިއަށް ގެންދާނެ

ކުނި މެނޭޖުކުރުމާއި ގުޅޭގޮތުން ފުވައްމުލައް ސިޓީގެ ޢާއްމު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެކި ފަންތިތަކުގައްޔާއި އެކި ފެންވަރުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން އިސްނަގައިގެން ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި އެސިޓީގެ ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މިކަމުގެ އެއްބަސްވުމުގައި ފުވައްމުލައް ސިޓީގެ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީގެ ފަރާތުން ސޮއިކުރެއްވީ އެކޮމިޓީގެ ރައީސް، މަރިޔަމް ދިޔާނާއެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރު އިސްމާއިލް ރަފީޤު ސޮއިކުރައްވާފައިވާއިރު، ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖް އަދި މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަންސާރު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

Advertisement

މި ޕްރޮގްރާމްގެ ދަށުން ފުވައްމުލައް ސިޓީގެ ޑަބްލިއުޑީސީގެ ހުރިހާ މެންބަރުންނަށް އަމާޒުކޮށްގެން 2 ދުވަހުގެ މުއްދަތައް ޓްރެއިން އޮފް ދަ ޓްރެއިނަރ (ޓީއޯޓީ) ސެޝަނެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. މި ސެޝަންތަކުގައި ކުނި މެނޭޖުކުރުމުގެ ޤާނޫނާއި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމުގެ އިތުރުން ސިންގަލް ޔޫސް ޕްލާސްޓިކު ދިވެހިރާއްޖޭގައި މަދުކުރުމަށް ކުރެވެމުންދާ މަސައްކަތާ ގުޅޭ ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގައި ކުނި މެނޭޖުކުރުމުގައި ގެންގުޅޭ ނިޒާމާއި ފުވައްމުލައް ސިޓީގައި ކުނި މެނޭޖުކުރުމަށް ވެމްކޯ އިން ކުރަމުންދާ މަސައްކަތުގެ ސެޝަނެއްވެސް ވަނީ ރާވައިފައެވެ.

މި ޓީއޯޓީ ސެޝަންތަކުގެ ތެރޭގައި ފުވައްމުލައް ސިޓީގެ ގޭބީސީތަކަށް ގޮސް މައުލޫމާތު ދޭނެގޮތުގެ އަމަލީ ތަމްރީނު ސެޝަނެއްވެސް ޑަބްލިއުޑީސީ މެންބަރުންނަށް ދިނުމަށް ވަނީ ރާވާފައެވެ. މި ޓީއޯޓީ ސެޝަންތަކަށް ފަހު ޑަބްލިއުޑީސީ މެންބަރުންގެ ފަރާތުން އެކުލަވާލާ ވަކި ޚާއްސަ ޕްލޭނެއްގެ ދަށުން ފުވައްމުލައް ސިޓީގެ ގޭބީސީތަކަށް ދޮރުން ދޮރަށް މި މައުލޫމާތު ދިނުން ކުރިއަށް ގެންދާނެއެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ހިންގާނީ މިނިސްޓްރީން މުޅިރާއްޖެއަށް އަމާޒުކޮށް ހިންގާ "ފަސްގަނޑު" ކެމްޕޭންގެ އިތުރުން ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރުމަށް ހިންގާ "ޕްލާސްޓިކާނުލައި" ކެމްޕޭންގެ ދަށުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް