ކ. މާލެ
|
3 ޖުލައި 2017 | ހޯމަ 14:16
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު
ގޫގުލް
ރައްޔިތުންގެ މަޖިލިސް
ވަކި މުއްދަތެއް ނެތް ގޮތަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި
މަޖިލީހުގެ ޖަލްސާތައް ވަކި މުއްދަތެއް ނެތްގޮތަށް މެދުކަނޑާލާފައި މިވަނީ މަސީހުގެ އިތުބާރުނެތްކަމަށް ހުށަހަޅާފައި ވަނިކޮށް

އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ ކަމަށް ހޯމަ ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިއުލާން ކުރެއްވުމަށްފަހު، ވަކި މުއްދަތެއް ނެތް ގޮތަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި އެވެ.

ވަކި މުއްދަތެއް ނެތްގޮތަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވާކަން އަންގާފައިވަނީ މެމްބަރުން މަޖިލީހުން ފޮނުވާފައިވާ މެސެޖަކުންނެވެ.

އެ މަޖިލީހުން ފޮނުވާފައިވާ އެ މެސެޖްގައި ވަނީ އަންގާރަ ދުވަހު ބާއްވަން އިއުލާން ކުރެއްވި ޖަލްސާ ކެންސަލް ކުރައްވައިފިށާއި، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ތާރީހެއް ފަހުން ދަންނަވާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

ވަކި މުއްދަތެއް ނެތްގޮތަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި މިވަނީ މަޖިލީހުގެ 45 މެންބަރެއްގެ ސޮޔާއެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހޯމަ ދުވަހު ހުށަހަޅާފައި ވަނިކޮށެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފަށާފައިވަނީ ޖޫން މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭގެ ފަހުން ހަ ޖަލްސާ ބޭއްވުމަށްފަހު އަނެއްކާ ވެސް ޗުއްޓީއަކަށް ގޮސް، އީދު ބަންދަށްފަހު މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަތް ވަނަ ޖަލްސާ ބޭއްވީ ހޯމަ ދުވަހު އެވެ. ހޯމަ ދުވަހުގެ ޖަލްސާއަށްފަހު ވަކި މުއްދަތެއް ނެތްގޮތަށް ޖަލްސާތައް މެދުކަނޑާލާފައިވާއިރު، މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށީވެސް ފުރަތަމަ ދައުރުގެ ޖަލްސާތައް މެދުކަނޑާލުމަށްފަހު، 53 ދުވަހުގެ ދިގު ޗުއްޓީއަކަށް ފަހުގައެވެ.

- ކޮމެންޓް
4 ޖުލައި 2017 | އަންގާރަ 12:53
ޙަސަން
މެމްބަރުން ރުއްސުމަށްޓަކާ ވަގުތުބޭނުންވާނެ. އެހެންކަމުން އެކަން ހަމަޖެހި މެމްބަރުން ބޭނުންވާ ކަންތައްތައް ހަމަޖެހި މެމްބަރުން ހިތްހަމަޖެހުނީމާ ޖަލްސާތައް ބާއްވާނެ. ބަޔަކު އަދި ތިހެން ސޮއިކޮށްފަ އެއްޗެއް ހުށަހެޅުމަކުން ރައީސް ވަކިނުކުރެވޭނެ. ނިހާނު ބުނަނީ ކުޅަދާނައެއްނޫނޭ ވަކިކުރާކަށް ގޭމްޕްލޭން ބަދަލުކުރުމަކީ މެމްބަރުން ހިތްހަމަޖައްސައިދިނުން.އެކަންކުރެވުނީމާ ޖަލްސާތައްބާއްވާނެ.
3 ޖުލައި 2017 | ހޯމަ 21:13
އައްލާ އައްޑޫ ހިތަދޫ ބޭރު ބަދ
މިއީ ލަދު ހަޔާތެއްނެތް. މުޑުދާރު މީހެއް .
3 ޖުލައި 2017 | ހޯމަ 17:48
އޮއްޕޮއްޗޯ
ކަލޯ މަމެންނާ ޖެހެނީހެން ހީވަނީ. ދިދަ ބުޑަށް ސައިކިޔަން ތައްޔާރުވޭ