ކ. މާލެ
|
4 މާރޗް 2023 | ހޮނިހިރު 13:05
ސާޖީ ރޮބާޓޯ - ބާސެލޯނާގެ ރައީސާއެކު
ސާޖީ ރޮބާޓޯ - ބާސެލޯނާގެ ރައީސާއެކު
ބާސެލޯނާ
ބާސެލޯނާ
އިތުރު އެއް އަހަރަށް ބާސެލޯނާގެ އެއްބަސްވުން ސާޖީ ރޮބާޓޯ އައުކޮށްފި
އެންމެ ފަހުން ބާސެލޯނާއާއެކު ހަދާފައިވާ އެއްްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މި ސީޒަންގެ ނިޔަލަށް

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ސާޖީ ރޮބާޓޯ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.

އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ އެންމެ ފަހުން ބާސެލޯނާއާއެކު ހަދާފައިވާ އެއްްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މި ސީޒަންގެ ނިޔަލަށެވެ. ނަމަވެސް ބާސެލޯނާއިން ވަނީ އޭނާއާއެކު އައު އެއްބަސްވުމެއްގެ މަޝްވަރާތައް ދުވަސްތަކެއް ކުރިން ފަށާފައެވެ. އެއީ ރޮބާޓޯ ބާސެލޯނާގައި މަޑުކުރަން ބޭނުންވުމުގެ އިތުރުން، އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ވެސް އޭނާ ކުލަބުގައި ބަހައްޓަން ބޭނުންވުމުންނެވެ. ބާސެލޯނާއިން މިހާރު ވަނީ ރޮބާޓޯ އިތުރު އެއް އަހަރު ދުވަހަށް ކުލަބުގައި ބެހެއްޓުމަށް ނިންމައި، އެއްބަސްވުމުގައި ސޮއިކުރިކަން އިއުލާންކޮށްފައެވެ.

ރޮބާޓޯ އޭނާގެ ސީނިއަރ ކެރިއަރު ފެށީވެސް ބާސެލޯނާއިންނެވެ. މިހާތަަނަށް އެ ކުލަބަށް އޭނާ ވަނީ 339 މެޗު ކުޅެދީ 15 ލަނޑު ޖަހާފައެވެ. މީގެ އިތުރުން އޭނާ ވަނީ ބާސެލޯނާއާއެކު 19 ތަށި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގާއި، ކޮޕަ ޑެލް ރޭއާއި، ސްޕެނިޝް ސުޕަ ކަޕާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެއެވެ. ރޮބާޓޯ ވަނީ 2016ން 2021ގެ ނިޔަލަށް ސްޕެއިންގެ ގައުމީ ޓީމަށްވެސް ކުޅެދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް