Advertisement
ކ. މާލެ
|
3 ޖުލައި 2017 | ހޯމަ 14:00
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޓްވިޓަރ
ރައީސް ނަޝީދު
މަޖިލީހުގެ މެޖޯރިޓީ  ރައީސް ޔާމީނަށް ގެއްލިއްޖެ، އިސްތިއުފާ ދެއްވާ: ނަޝީދު
ނަޝީދު ވަނީ ސޮއި ކުރެއްވި މެމްބަރުންނަށް ޝުކުރު އަދާކުރައްވާފަ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރައްޔިތުންގެ މެޖޯރިޓީ ގެއްލިއްޖެ ކަމަށާއި އެމަނިކުފާނު އިސްތިއުފާ ދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ. 

ހޯމަދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް މަޖިލިސް ގެއްލިއްޖެކަމަށާއި،  ލޯކަލް ކައުންސިލް އިންތިޚާބު އަދި ކޯލިޝަންގެ ބާރުވެސް ގެއްލިވަޑައިގެންފައިވާކަމަށެވެ. އެހެންކަމުން އިސްތިއުފާދެއްވުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

 މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޯމަދުވަހު މަޖިލީހަށް ލުމާއެކު ރައީސް ނަޝީދު ވަނީ އެކަމަށް ޝުކުރުއަދާކުރައްވާވެސް ޓްވީޓް ކުރައްވާފައެވެ. ނަޝީދު ވިދާޅުވީ  ހުރިހާ މަޖިލިސް މެމްބަރުން އަދި ޚާއްސަކޮށް އެމްޑީޕީގެ ޕީޖީ ލީޑަރ، ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންނަށް ޝުކުރު ދަންނަވާކަމަށެވެ. އަދި އަބްދުﷲ ޖާބިރަށް ވެސް ވަރަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ. 

ރައްޔިތުންގެ މަޖިލީހަށް ހޯމަދުވަހު މަސީހުގެ އިތުބާރު ނެތްކަމަށް ހުށައަޅާފައިވަނީ 45 މެމްބަރުންގެ  ސޮޔާއިއެކުއެވެ. އޭގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނީ ސަރުކާރަށް ތާއީދު ކުރާ 11 މެމްބަރުންގެ ސޮޔެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
3 ޖުލައި 2017 | ހޯމަ 22:53
މުހައްމަދު
ނަސީދު ވެރިކަން ކުރިއިރު މެޖޯރިޓީ އޮތްތޯ....