Advertisement
ކ. މާލެ
|
3 ޖުލައި 2017 | ހޯމަ 12:54
މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން
މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން
މުހައްމަދު ޝަރުހާން
މަސީހުގެ އިތުބާރުގެ މައްސަލަ
އަހުމަދު ރަޝީދުގެ ނަމުގައި ކޮށްފައިވަނީ ވަގު ސޮޔެއް: ނިހާން
މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނީ ވަގު ސޮއި، ވޯޓުން އެކަން ކާމިޔާބު ނުކުރެވޭނެ
ރަޝީދު  މަޖިލީހުގެ ރައިސްގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ސޮއިކުރައްވާ ފޮޓޯ ވަނީ ދައުރުވެފައި

އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދުގެ ނަމުގައި ކޮށްފައިވަނީ ވަގު ސޮޔެއް ކަމަށް މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާނު ހޯމަދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނީ ވަގު ސޮއި ހިމަނައިގެން ކަމަށާއި ވޯޓުން އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ 45 މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައެވެ. އެކަމާ ގުޅިގެން ނިހާނު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދުގެ ނަމުގައި ކޮށްފައިވަނީ ވަގު ސޮޔެއް ކަމުގެ ޔަގީންކަން ރަޝީދު ދެއްވާ ކަމަށެވެ.

ނިލަންދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް ޑރ.އަބްދުﷲ ހަލީލު ވެސް ވަނީ, ހޯމަ ދުވަހު މަޖިލީހަށްވެއްދި އިތުބާރު ނެތްކަމުގެ ސޮޔަކީ ސައްހަ ނޫން ސޮއި ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އަދި 45 މެމްބަރުން ހަމަ ވަނީ ]ޕީޕީއެމްގެ މެމްބަރުންގެ ނަމުގައި ސައްހަ ނޫން ސޮެއި ކޮށްގެން  ކަމަށާއި ވޯޓް ކާމިޔާބެއް ނުވާނެކަމަށް ވިދާޅުވެފައި ވެއެވެ. 

އެހެން ނަމަވެސް ސޯޝަލް މީޑިއާގައި ވަނީ މެމްބަރު އަހުމަދު ރަޝީދު  މަޖިލީހުގެ ރައިސްގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ސޮއިކުރައްވާ ފޮޓޯކަމަށް ބުނާ ފޮޓޯއެއް ދައުރުވާން ފަށާފައެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ އިރު އޭގެތެރޭގައި ސަރުކާރު ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ އެގާރަ މެމްބަރުން ވަނީ ސޮއިކުރައްވާފައެވެ. 

 

އިދިކޮޅު ޕާޓީތަކުގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި އަހްމަދު ރަޝީދު ކުރައްވާފައިވާ ސޮޔަކީ ސައްހަ ސޮޔެކެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް