ކ. މާލެ
|
2 މާރޗް 2023 | ބުރާސްފަތި 12:21
ހިރިލަންދޫ ފެނަކަ އައު އޮފީސް ރައީސް ހުޅުވައިދެއްވަނީ
ހިރިލަންދޫ ފެނަކަ އައު އޮފީސް ރައީސް ހުޅުވައިދެއްވަނީ
ރައީސް އޮފީސް
ފެނަކަ ހިރިލަންދޫ އައު އޮފީސް
ފެނަކަ ހިރިލަންދޫ އައު އޮފީސް އިމާރާތް ހުޅުވައިފި
މި އޮފީހުގައި 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނެ ޖާގަ ހުންނާނެ

ފެނަކަ ކޯޕަރޭޝަންގެ ހިރިލަންދޫ އައު އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

މި އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަރިހުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދާއި ދައުލަތުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ފެނަކައިން ހިރިލަންދޫގައި ގާއިމްކުރި އައު އޮފީހާއެކު އެ ކުންފުނިން ހިރިލަންދޫގައި ދެމުން އަންނަ ހިދުމަތްތަކަށް ލުއިތަކެއް ލިބިގެންދާނެއެވެ. އެގޮތުން ކަސްޓަމަރުންނަށް ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފަސޭހަވެގެންދާނެއެވެ.

މި އޮފީހަކީ އައިއޯއެސްގެ ސްޓޭންޑަޑަށް ހަދާފައިވާ އިމާރާތެކެވެ. މި އޮފީހުގައި ފަސޭހަކަމާއެކު 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ.

- ކޮމެންޓް